ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި، ޕާޓީގެ އިސްވެރިންނާއި، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ބައިވެރިވެވަޑައި ގެންނެވިއެވެ.
ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހު ވިދާޅުވީ، ޖުމްހޫރީ ޕާޓިއާ ގުޅިވަޑައިގެން ޕާޓީއަށް ސޮއިކުރެއްވި ކަމުގައިވިޔަސް ހަގީގަތުގައި އޭނާ ގުޅިވަޑައިގެންނެވީ އެކުގައިވާ ހަތަރު ޕާޓީއާ ކަމަށެވެ. ކޯލިޝަނަށް ތާއީދުކޮށް ގައުމުގެ އިސްލާހަށްޓަކައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ކޯލިޝަނަށް ތާއީދު ކުރައްވާއިރު ރަސްމީކޮށް ގުޅިވަޑައިގަތުމަށް ކޮންމެސް އެއްޕާޓީއެއް ހިޔާޜު ކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީ ހިޔާރުކޮށް އެޕާޓީއާ ގުޅިވަޑައިގެންނެވީ ވަރަށް ބޮޑު އުންމީދަކާއި ޕާޓީއާއމެދު ވަރަށް ބޮޑު ޔަގީން ކަމެއް އޮތުމުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި ހުންނެވި ކަމުގައި ވިޔަސް އަމިއްލަ ހިޔާލު ފާޅުކުރައްވާނެ ކަމަށާއި ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ނުހުންނަވާނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އަދި ކޯލިޝަނުގައި ހިމެނޭ ހަތަރު ބައިވެރިންގެ ތެރެއިން ޖުމްހޫރީ ޕާޓީ ހިޔާލުކުރީ އެޕާޓީގެ މެމްބަރު ކަމުގައި އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވިދާޅުވިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ