އެދުރު ހިޔާގެ ކުލި އަދިވެސް މާފުކޮށެއް ނުދޭ

ޓީޗަރުންގެ ފްލެޓަށް ދައްކާ ކުލި މާފުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއަށް އަދި ވެސް ޖަވާބެއް ނުލިބޭތީ، އެ ތަނުގައި ދިރިއުޅޭ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންނަށް މި ދުވަސްވަރު ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށްޓަކައި، އެ ތަންތަނުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ އުސޫލުގެ ތެރެއިން ކުލި މާފުކޮށްދިނުމަށް އެދި އިއްޔެ ނިމުނު ރޯދަ މަހުގެ ކުރިން ސިޓީ ވަނީ ފޮނުވައިފަ އެވެ.
އެދުރުހިޔާގައި 80 އެޕާޓްމަންޓު ހުންނައިރު، ފަސް ތަނެއް ފިޔަވައި ބާކީ ހުރި ތަންތަން ދޫކޮށްފައިވަނީ ޓީޗަރުންނަށެވެ. އެ ފަސް ތަން ހާއްސަ ކޮށްފައި ވަނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ. ޓީޗަރުންގެ ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1،000ރ. އާއެކު ކޮންމެ މަހަކު ވެސް 6،000ރ. ދައްކަން ޖެހެ އެވެ.
އޭނާ ބުނިގޮތުގައި ބުރަ މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނަށް ރަނގަޅު އާމްދަނީއެއް ނުލިބޭއިރު، ޓީޗަރުންނާ ދޭތެރޭ މިހާތަނަށް ރަނގަޅަށް ކަންތައް ކުރި ސަރުކާރެއް ނެތެވެ.
ކަންބޮޑުވުން ފާޅުކޮށް "މިހާރު"އާ ވާހަކަ ދެއްކި ޓީޗަރަކު ބުނީ، މާލީގޮތުން ދިމާވެފައިވާ ދަތިތަކާ ހެދި ކުލި މާފުކޮށްދިނުމަށް އެދި 65 ޓީޗަރުންގެ ސޮޔާއެކު ރައީސްގެ އަރިހުގައި އެދިފައިވާ ކަމަށެވެ. އެ ސިޓީ އެޑިއުކޭޝަން މިނިސްޓްރީ އަށް ވެސް ފޮނުއްވާފައިވާ ކަމަށް ބުންޏެވެ.
"ޓީޗަރުންނަށް ބޭސިކް މުސާރައިގެ ގޮތުގައި މި ލިބެނީ 10،000 ވަރު. އާއިލާގެ އެހެން މީހުންނަށް ލިބޭ އާމްދަނީ މި ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެހެންވެ ކުލި މައާފުކޮށްދޭން އެދުނީ. އެހެން ނޫނީ ކޮންމެ ވެސް ވަރެއްގެ ލުޔެއް ހަމަޖައްސައިދިނުމަށް،" ނަން ހާމަނުކުރަން އެދި ވާހަކަ ދެއްކި ޓީޗަރަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ބުރަ މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނަށް ރަނގަޅު އާމްދަނީއެއް ނުލިބޭއިރު، ޓީޗަރުންނާ ދޭތެރޭ މިހާތަނަށް ރަނގަޅަށް ކަންތައް ކުރި ސަރުކާރެއް ނެތެވެ.
ކުލި ދެއްކުން ލަސްވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ލޮކްޑައުން ވުމުން އެކަމުގައި ފަސޭހަ އިންތިޒާމެއް ވެސް ހަމަޖައްސާފައި ނުވާ ކަމަށް އެހެން ޓީޗަރަކު ބުންޏެވެ.
"ޓީޗަރުންނަށް ބޭސިކް މުސާރައިގެ ގޮތުގައި މި ލިބެނީ 10،000 ވަރު. އާއިލާގެ އެހެން މީހުންނަށް ލިބޭ އާމްދަނީ މި ވަނީ ވަރަށް ބޮޑަށް ދަށްވެފައި"
"އެޕްލިކޭޝަނެއް ޑައުންލޯޑު ކޮށްގެން، މެއިލްކޮށްގެން، ރިކުއެސްޓު ކޮށްގެން، ވެސް އަދި މެއިލްއަކަށް ޖަވާބެއް ނުލިބޭ. އެކައުންޓު ނަމްބަރެއް ދީފި ނަމަ ވެސް ޓްރަންސްފާ ކޮށްލެވޭނެ. ޓެކްނޮލޮޖީގެ ގޮތުން ވަރަށް ދަށްކޮށް އުޅެނީ،" އެ ޓީޗަރު ބުންޏެވެ.
އެދުރު ހިޔާގެ އެޕާޓްމަންޓް ކުއްޔަށް ދީފައި ހުންނަނީ ތިން އަހަރަށެވެ. އެ ތިން އަހަރު ހަމަވުމުން އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ