ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑުކޮށްފިއެވެ.ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މައުސޫމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު ކޮށްފައިވާ ހިސާބަށް ރިއާޔަތްކޮށް ތަހުގީގު ކޮމިޓީން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން ވަޒީފާއަށް ނުނިކުމެ 60 ދުވަހުގެ މުއްދަތަށް މަޑުކުރުމަށް މައުސޫމަށް އެންގުމަށް މިއަދު ކޮމިޝަނުގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ. އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް، ފާޅުގައި ރިޝްވަތު ނަންގަވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާ ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް ޖޭއެސްސީންވަނީ ތަޙްޤީޤު ކުރައްވާފައެވެ.މިތަޙްޤީޤު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށް، މިމައްސަލައިގެ ބަލައި ވަކިގޮތެއް ކަނޑައަޅުއްވަންދެން، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25ވަނަ މާއްދާގެ ދަށުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާއަށް އެންގުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައިވަނީ ފާސްކޮށްފައެވެ.ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެފަދަ ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ