ރައީސް މައުމޫން މިވަގުތު ވީތަނެއް ފުލުހުން ނުބުނި: ވަކީލު

ފުލުހުން ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް މިވަގުތު ބަހައްޓާފައި ހުރި ސީދާތަނެއް ބުނެދޭން ފުލުހުން ފަސްޖެހިފައިވާ ކަމަށް މައުމޫންގެ އާއިލާއިން ބުނެފިއެވެ.
ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅެއް ކަމަށްވާ އަދި މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މައުމޫން މިވަގުތު ހުރިތަނެއް ބުނެދޭން އަތޮޅުވެހީގައި ޑިއުޓީއަށް ހުންނެވި ފުލުހުންގެ އިސް އޮފިސަރު ފަސްޖެހިވަޑައިގެންފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، އެގޮތަށް "އަމުރު" ކޮށްފައިވާތީ ކަމަށްވެސް މައުމޫން ހަމީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މާފުށީ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ރައީސް މައުމޫން މިއަދު ހަވީރު އަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާކަން ފުލުހުން އާއިލާއަށް އަންގާފައި ވީނަމެސް، މައުމޫނުގެ ހާލުކޮޅު ބައްލަވާލެވުމަށް މައުމޫނާ ބައްދަލު ކުރެއްވުމަށް އެދިވަޑައި ގެންނެވުމުން ފުލުހުން އެކަމާ އިންކާރު ކޮށްފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވެފައި ވެއެވެ.
އަދި އާއިލާއިން މައުމޫނަށް ފޯނުން ގުޅައިދިނުމަށްވެސް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން، މިއީ ކުރީގެ ރައީސް މައުމޫނަށް އަދަބުދިނުމަށް ކުރަމުންދާ ކަންތައްތަކެއްތޯ މައުމޫން ހަމީދު ސުވާލު ކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ