އިންޓަ ސްކޫލް ކޮލެޖް ޔުނިވާރސިޓީ ވޮލީބޯޅަ މުބާރާތް ހޯމަ ދުވަހު ފަށަނީ

އިންޓަ ސްކޫލް ކޮލެޖް ޔުނިވާރސިޓީ ވޮލީބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މިމުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން ޖުމްލަ 44 ޓީމް ވާދަކުރާ ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 17 ސްކޫލްގެ ތެރޭގައި ޖުމްލަ 34 ޓީމް ވާދަކުރާ ކަަމށެވެ. އަދި ފަސް ކޮލެޖުން މިމުބާރާތުގައި 10 ޓީމް ވާދަކުރާ ކަމަށް ވެސް ވީއޭއެމްއިން މައުލޫމާތު ދެެއެވެ.
ވީއޭއެމްއިން ބުނީ، މުބާރާތުގައި ރާއްޖެ ތެރޭގެ ހަ ސުކޫލަކުން ޖުމްލަ ހަތް ޓީމް ވަދަކުރާ ކަަމަށާއި އެގޮތުން މުބާރާތުގައި ވާދަކުރާ އަތޮޅުތަކުގެ ސްކޫލް ތަކަކީ ބ.ގޮއިދޫ ސްކޫލުން ދެޓީމް އާއި ކ.މާފުށި ސްކޫލްގެ ޓީމަކާއި ތ.ވިލުފުށި ސްކޫލްގެ ޓީމަކާއި ފ.އަތޮޅު މަދަރުސާގެ ޓީމަކާއި ރ.އަލިފުށި ސްކޫލް ޓީމެއްގެ އިތުރުން މ.މަޑިފުށި ސްކޫލްގެ ޓީމެކެވެ.
ވީއޭއެމްއިން ބުނީ، މިއަހަރުގެ ސްކޫލް ވޮލީބޯޅަ މުބާރާތަކީ މިހާތަނަށް އެންމެ އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތް ކަމަށާއި އެގޮތުން މި އަހަރު ޖުމްލަ 408 ކުޅުންތެރިން މިމުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިކޮށްފައިވާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ ސްކޫލެވެ. މި ތިން ސްކޫލުންވެސް ހަތަރު ޓީމް ބައިވެރިކޮށްފައިވާ ކަަމަށް ވީއޭއެމްއިން މައުލޫމާތު ދެއެވެ.
ވީއޭއެމްއިން މިއަދު ވަނީ ވަނީ މިމުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމްތަކަށް ޒާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ