ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު: މެޓް އޮފީސް

ކުރިއަށް މިއޮތް ދެ ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަަމަށެވެ. އަދި ހުޅަނގު އުތުރާއި، އުތުރުން، ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މަޑުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް އިރުދެކުނާއި، ދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މެޓް އޮހީފުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ކަނޑުުތައް ވެސް އާންމުގޮތެއްގައި މަޑު ވާނެ ކަމަށެވެ.
ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށޭނީ މިމަހުގެ 10 ނޫނީ 12 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ