ދައްޕަރަކީ ދިގު މުއްދަތަށް ކުއްޔަދޭން ގެދޮރު ބިނާކުރަން ޕްލޭންކޮށްފައިވާ ރަށެއް: މެމްބަރު ޝަރީފު

ހއ. ދައްޕަރަކީ ދިގު މުއްދަތަށް ފަތުރުވެރިންނަށް ކުއްޔަށް ހިފޭގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރަމުންދާ ރަށެއް ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި އިބްރާހިމް ޝަރީފު ވިދާޅުވީ، މިއީ ޓުއަރިސްޓު ރިސޯޓުގޮތަށް އެހެން އުސޫލަކުން ހިންގާނެ ރިސޯޓެއް ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް އިންޑިއާ އާއި ގުޅުން އޮތް ޕްރޮޖެކްޓެއް ނޫންކަމަށް ޝަރީފު ވިދާޅުވިއެވެ.ދައްޕަރުގައި ދިގު މުއްދަތަށް ބޭރު މީހުންނަށް ގެދޮ ކުއްޔަށް ދޭ މަޝްރޫއުއެއް ފަށާނެ ކަން އިއުލާން ކޮށްފައިވާއިރު "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޝްރޫއު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އިންޑިއާ ކުންފުންޏަކާއިއެވެ.2010 ވަނަ އަހަރުވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ދައްޕަރު އިންޑިއާ ބަޔަކަށް މިގޮތަށް ދޫކުރިއެެވެ. ނަމަވެސް އެ މަޝްރޫއު ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ހުއްޓުވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ