ކޮވިޑް19: ފަރުވާއަށް ފަހު ރައީސް މައުމޫން ދޫކޮށްލައިފި

ކޮވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދޫކޮށްލައިފި އެވެ.ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ފަރުވާދެމުން ގޮސްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައެވެ.އުމުރުފުޅު މިހާރު 82 އަހަރުވެފައިވާ ރައީސް މައުމޫން މިއަދު ޑީއެޗުން ނުކުމެ ވަޑައިގެން ޓްވީޓެއް ކުރައްވާ ވިދާޅުވީ "މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮހާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން" ކަމަށެވެ.މައުމޫން ޕޮޒިޓިވްވުމާ އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ޓެސްޓް ކުރެއްވި އެވެ. އެކަމަކު ނަސްރީނާ އާއި އާއިލާގެ އެހެން ބޭފުޅަކު ވެސް ބައްޔަށް ޕޮޒިޓިވެއް ނުވެ އެވެ. ހޮސްޕިޓަލްގައި އޮންނެވި އިރު، ޓުވީޓްކުރައްވައި އެމަނިކުފާނުގެ ހާލުކޮޅު އޮޅުންފިލުވައިދެއްވައި އެކި ވާހަކަތައް އާއްމުންނާ ހިއްސާކުރެއްވި އެވެ.އަދި އެކިއެކި ބަލިބަލި ތަހައްމަލު ކުރަމުންދާ ހުރިހާ އެންމެނަށް އަވަސް ޝިފާއަކަށް އެދި އެ މަނިކުފާނު ދުއާ ކުރައްވާފައި ވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ