ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް އިތުރު ކައިވެންޏެއް ކުރައްވައިފި އެވެ.
ގާސިމް މިފަހަރު ކައިވެނި ބައްލަވައިގަތީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލި ވަރަށް ޒުވާން ބޭފުޅަކާ އެވެ. ގާސިމް ކައިވެނި ބައްލަވައިގަތް ރާނިއާގެ އުމުރުން 20 އަހަރެވެ. މި ކައިވެނި ހަފްލާ އޮތީ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގަ އެވެ.
ގާސިމް އިތުރު ކައިވެންޏެއް ކުރެވިއިރު ވަރަށް ފަހަކާ ޖެހެންދެން އެމަނިކުފާނުގެ ހަތަރު އަނބިކަނބަލުން ތިއްބެވި އެވެ. އެހެން ނަމަވެސް ވަރި ކުރެއްވީ އޭގެ ތެރެއިން ކޮން ބޭކަނބަލެއް ކަމެއް އެނގިފައެއް ނުވެއެވެ.
ގާސިމް އާއި ރާނިޔާ
ވިޔަފާރިވެރިޔާ އަދި މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުންނަކީ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައި ވެއެވެ.
ގާސިމް އިތުރު ކައިވެންޏެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ