ބޯޓެއްގެ ބުރަފަތީގައި ޖެހި، ޕައިލެޓް ތަމްރީން ހަދަމުންދިޔަ ދިވެއްސަކަށް ފަރުވާދެނީ!

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ބޯޓެއްގެ ބުރަފަތީގައި ޖެހުމުން ލިބުނު ޒަހަމްތަކަށް ފަރުވާދޭން ފަށައިފިއެވެ.
ވޮއިސްއަށް މިހާތަނަށް ލިބުނު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަރިވަރަކީ ހދ.ހަނިމާދޫއަށް ނިސްބަތްވާ އަބްދުލް މާނިއުއެވެ. ޕައިލެޓް ތަމްރީން ހެދުމުގެ ތެރޭގައި މާނިއުއަށް އަނިޔާވެފައިވަނީ ބޯޓުން ފޭބި ވަގުތުކަމަށް މައުލޫމާތު ލިބެއެވެ. އެވަހުތު އޭނާ ބޯޓުން ފޭބީ ބޯ އަނބުރާތީއެވެ.
ދަރިވަރަށް ލިބުނު ޒަހަމްތަކަށް މިހާރު ދަނީ ފަރުވާދެމުންނެވެ. އެގޮތުން ޒަހަމްތައް ހުރި ބައެއް ތަންތަން ސާޖަރީ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާއިލާގެ ފަރާތުން ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ. ބޮޑަށް ޒަހަމްވެފައިވަނީ އޭނާގެ ކޮލުކަށިގަނޑާ ދިމާލުންނެވެ.
Advertisement
ބޯޓުން މާނިއު ފޭބިއިރު އިންޖީނު ނިއްވާނުލައި ހުރިއިރު ޓްރެއިނަރު ބޯޓުގެ ތެރޭގައި ހުރިކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ