ކުށްވެރިޔާ 57
"އެއްވެސް މީހަކު ރުއްސުމަށްޓަކާ ﷲގެ ރުއްސެވުން ދޫކޮށްނުލާށެވެ." *** "މަންމާ މިހިރީ ލޮލަށް އަޅާ ބޭސް...."ޒަވިޔާރު މޭޒުމަތީގައި ބޭސްފުޅި ބެހެއްޓިއެވެ. "ކިތައްފަހަރު އަޅަންވީ؟" "ހަތަރު އިރުވެސް ރަގަޅުވާނެ. ނޫނީ މަންމަ ލޮލަށް އުދަގޫވަންޏާ. އެކަމަކު މާ ގިނައިން ފޮތް ބެލީމަވެސް ލޯ ހިކޭނެ....މަންމަ ހާދަ ގިނައިން ތިކިޔަވަނީ؟ ހިތުދަސްކުރަނީތަ؟" ދަރިފުޅު...ގިނައިން ކިޔެވީމަ ނޫނީ އަޑުއެހީމަވެސް ހިތުގައި ލިޔެވިފައިހެން އިންނާނީ..." "މަންމަ ސިކްރެޓިވްކަން. އެއްވެސް މީހަކަށް ނާންގާ މަންމަ މެމަރައިޒް ކުރަނީ ދޯ ހެހެ......މަންމަ ދުވަސްކޮޅަކުން ހާފިޒަކަށްވާނެ..."ޒަވިޔާރު އެނދުގައި އިށީނެވެ."މަންމާ....މަންމަ މައި ގާތު އެއްޗެކޭ ބުނިންތަ؟" " ކޮން ވާހަކައެއް؟" ޒަހްރާ މުސްޙަފް ބާއްވައިލަމުން އޭނަ އަށް ސަމާލުކަން ދިނެވެ. " އުމްރާ އަށް ދިއުމަށް....އެއީ ކުރީން ޕްލޭންގަ ނެތް ކަމެއްވީމަ..."އޭނަ އަހާލީ ޖެހިލުން ވެފައެވެ. " ނޫނޭ ދަރިފުޅު....މައި މާކުރިންވެސް އެގޮތަށް ވިސްނައިގެން ހުރީ....ސަހަރް ބުނި ބުރުގާ އެޅުމުން މައިރާ އަށް ވަރަށް ރަނަގޅު ބަދަލުތަކެއް އައި ޥާހަކަ....ނަމާދުވެސް ބަރާބަރަށް ކުރާ ވާހަކަ....ނަސީބު ދޯ ހަމަ...ހިދާޔަތަކީ އެއީ އެންމެ އަގުބޮޑު ހަދިޔާ މި ދުނިޔެ މަތީގެ...." " ބަޓް އައި ފީލް ޝީ އިޒް ބީންގް ޓޫ އޯވާ...." އޭނަ އަނގަޔަށް ގޮތެއް ހެދިއެވެ. " މަންމަ ވަރަށް ބިރުގަނޭ ދަރިފުޅު ތި ފާޑަށް ވާހަކ ދައްކާތީ...ފަސްވަގުތު ނަމާދުކޮށް ޤުރްއާން ކިޔެވުމަކީ އޯވާ ވުމެއް ނޫން..." ޒަހްރާގެ އަޑު ހަރުކަށިވިއެވެ. "އޯކޭ ފައިން....މިހާރު ޔަގީންވެއްޖެ....ހަމަ މަންމަ މެން މައި އަށް ފީޑީ ކޮށްދީފަ.....އަހަރެން ގަބޫލުކުރަނީ އީމާންކަމަކީ ހަމަ ހިތުތެރޭގަ ވާ އެއްޗެއް ކަމަށް....." އޭނަ ރުންކުރުވާގޮތްވިއެވެ. " ޒަވިޔާ...." ޒަހްރާ ގޮވާލީ ހިންހަމަނުޖެހުމުގެ ރާގުގައެވެ. " ނޫން މަންމާ....ބަލާލަ ދަނީންވެސް...އަދި ކިހާ ކުޑަ....ދަނީން އަދި ކިރިޔާ އެ ޑިގްރީ ހާސިލްވީ...ކެރިއާ އޮތްތާ ބާއްވާފަ މަރްވާން އާއި ކައިވެނި ކުރުމަށް...މަރްވާން އުމުރުން ދޮށީވިޔަސް ދަނީންގެ މުސްތަގުބަލް އަދި އޮތީނު....އެހެން ނޫނަސް މަރްވާން ވެސް އުޅެނީ އެހާ އާދައިގެ ވަޒީފާއެއްގަ....އަހަންނަކަށް އެކަން ކަމަކު ނުދޭ..." " ދަރިފުޅު ތިހެން ބުނާ އިރު ބާލަލަ ކައިލް އާއި އާސީ...އާސީވެސް ކައިވެނި ކުރީ އަވަހަކަށް ނު...އެކަމކު ހަމަ ޑޮކްޓްރީކަން ވެސް އެކިޔަވަނީ...." " ރިއަލީ މޯމް...އާސި އިޒް ސްޓްރަގްލިން...ކިހިނެއް ސޯފީ ގޮވައިގެން ކިޔެވުމަށް ސަމާލުކަމެއް ދެވޭނީ....ކެރިއާ ބިލްޑް ނުވަނީސް ތިފަދަ ޑިސިޝަންސް ތަށް ނަގާކަށް ނުވާނެ...ފަހުން ހަމަ ރިގރެޓް އަކަށް ވާނީ..." " ކިހިނެއް އިނގެނީ ދަރިފުޅު ތިބުނާ ކެރިއާ ބިލްޑް ވެ ނިމޭ އިރު ދުނިޔޭގައި ހުރެ ދާނެ ކަމެއްވެސް. " ޒަހްރާ ދެކޮޅުހެދިއެވެ. "އާނ...އެ ޖެހުނީ ދެން ބޮޑުތާ....."އޭނަ ބޯ ހޫރާލިއެވެ. އަވަހަށް ބޭނުންވީ އެތަނުން ސަަލާމަތްވުމަށެވެ. އެވަގުތު ކޮޓަރިޔަށް ވަނީ އަލްބާން އެވެ. " ކޮބާ އެއްޗިހި ޕެކް ކުރަންވީތަ މަންމާ....." އަލްބާން އުމްރާ އަށް ދިޔުމަށް ހުރި ޝައުގު ބޮޑެވެ. " ހާދަ ފޯރިއެއްގަ އުމްރާ އަށް ދާން....." އޭނަގެ އަޑުގައިވީ ޖެއްސުމުގެ ގޮތެކެވެ. " ކިހިނެއްވީ؟ޒަވީ އުފަލެއް ނުވަނީތަ؟މަންމަ ބުނީ އެބިމަށް އަސްލު އެ ދެވެނީ އިންވައިޓެޑް ވީމަ އޯ...އަސްލު ވަރަށް ސްޕެޝަލް އެހެން ނޫނަސް އަހަރެންގެ ނުލާހިކު ސްޕެޝަލް ރިކުއެސްޓް ތަކެއް ވެސް އެބަހުރި...." އަލްބާންގެެ ލޮލުން ފެނުނީ ވިދުމެވެ. " އިންވައިޓެޑް؟....އަހަރުމެން މިދަނީ ބަލަ އަމިއްލަ ޓިކެޓުގަ އެއް ނޫންތަ؟އަލް ހީކުރީ ސައުދީ ރަސްގެފާނު އަލް އަށް އިންވައިޓް ކުރިއޭތަ؟" ޒަވިޔާރު ހިނިގަނޑެއ ޖަހާލިއެވެ. " أَسْتَغْفِرُ ٱللَّٰهَ....." ޒަހްރާ އަނގަމަތީ އަތް އެޅިއެވެ. އަލްބާންވެސް އެއީ ވަރށް ބޮޑުކަމަކަށް ހަދާލިއެވެ. ބޭނުންވީ މަންމަގެ ފަރާތުން ވަރުގަދަ ދަރުހެއް ދިނުމެވެ. ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާހިތެއްނުވިއެވެ. " ތި ބޮޑުވަރު ޒަވީ....އަވަހަށް އިސްލާހުވޭ....ވަގުތު އޮއްވާ...ޓުމޯރޯ އިޒް ނެވާ ގެރެއްންޓީޑް..." އޭނަ ހަށަން ބަދެލިއެވެ. " މިހާރު ކިހިނެއްވީ؟" ޒަވިޔާރު އަނގަ ސަކަރާތްވިއެވެ. " ކިހިނެއްވީ އެއްނޫން....ޒަވިޔާ އަށް ދީނަކީ ކޮބައިކަން ވެސް ނޭނގޭތީ ދެރައީ....މަންމަ މިހާރު ހަގީގަތުގައިވެސް ދެރަވޭ ދަރިފުޅު ކިޔަވަން ބޭރަށް ފޮނުވުނު މޮޔަ ހިތާ....ތި ހުޅަނގުގެ ވިސްނުން ތިހިރީ މުޅީން ސިކުނޑި ދޮވެލާފަ ވިއްޔާ...." " އާނ އެކޭ...." އަލްބާން ހިތްވަރުދިނެވެ. ޒަވިޔާރު އާއި ދިމާކޮށްލަން ލިބުމުން ހިތަށް ލިބުނީ ހިތްހަމަޖެހުމެކެވެ. " ވަޓްއެވާ..." އޭނަ އަލްބާން އަށް ލޯ އަޅާލަމުން ކޮޓަރިން ނުކުތީ ދޮރުވެސް ނުލައްޕައެވެ. *** އަހެދް އެ ކުޑަ ޖިފުޓި ތެރެ ހޯދައިލިއެވެ. ވަރަށް ސާފެވެ. ކުޑައެއްކަމަކު ހުރިހާ އެއްޗެއްވެސް ތަރުތީބުން ބަހައްޓާފައެވެ. ކުޑަދޮރު ކައިރީގައި ހުރި ވަކަރު މޭޒަށް އޭނާގެ ސަމާލުކަން ދިޔައެވެ. ކުޑަދޮރުގެ ބިއްލޫރީގައި ވާރޭ ތިކިތައް ލަސްލަހުން ދަތުރުކުރަމުންދާއިރު، ބައްތީގެ އަލިކަމުގައި އެ ތިކިތަކުގެ ނަމޫނާތައް ފެންނަމުންދެއެވެ. އަހެދް ކައިރީގައި ހުރި މުރުތަސިމް ވެސް ހޫނަށް ބޭނުންވެފައި ވިއެވެ. " ވީ ކޭން ޝެއާ...." އަހެދް ބުނެލިއެވެ. ރަޖާގެ އެއްބައި މުރުތަސިމް އަށް ދިއްކޮށްލަމުންނެވެ. "އިޓްސް ފައިން...." މުރުތަސިމް ބުނެލިއެވެ. އަހެދް މުޅި ރަޖާ ގަނޑު ގައިގާ އޮޅާލީ ފޮނި ގޮތަކަށް ބުމަ އަރުވާލަމުންނެވެ. " އޯ...ހާދަ އަރާމު ރަޖާ އެކޭ....ފީލްސް ސޯ ވޯމް..." އޭނައަށް ނޫނެކޭ ބުނެވުނު މޮޔަ ހިތަށް އެރިއެވެ. އޭނަ ގެ ހަށިގަނޑަށް ވަންނަމުން ދިޔަ ފިނި މައިތިރިކުރަން ފަޔަށް ބާރުލުމުން ފައި ވެސް ތެޅެންފެށިއެވެ. އަހެދް އަށް ހެވުނެވެ. ނަމަވެސް އޭނަ ލޯ އަޅާލުމުން މޫނު އަނބުރާލައި ތުންފިއްތައި ބާރުކޮށްލިއެވެ. ހުނުންމައިތިރި ކުރުމަށެވެ. ނަމަވެސް އެ ހިނދުކޮޅުގައި މުރުތަސިމްގެ ހާލު ފެނި ހިތަށް ތަސައްލީއެއް ލިބުނެވެ. " މިއަށް ވުރެ ފިނި ތަންތާ އުޅެފާ ހުރީމަ ވަރަށް ފިންޏަށް ގަދަ ދޯ؟ފްލައިޓް މަތީގައިވެސް އަދި ކިހާ ފިނި ވާނެ...." އަހެދް އޭނާގެ ރަޖާ ގަނޑު އިތުރަށް ގަޔާ ބައްދާލަމުން ބުނެލިއެވެ. މުރުތަސިމް އެވަގުތު މޫނު އަނބުރާލައި އަހެދް ގެ މޫނާއި ގާތްވެލިއެވެ. އަހެދް ގެ ގަޔަށް ވަދެގަތް ހީގަނޑު ކިތަންމެ ބޯ ރަޖާ އަކުން ވެސް ނުފިލާނެއެވެ. އޭނާގެ މުޅި ހަށިގަނޑު ގުޑުވާލިއެވެ. މުރުތަސިމްގެ ތުންފަތުގައި ވީ ފިޔާތޮށިކުލަ އިތުރަށް ގަދައެވެ. މޫނުގައި ހުރީ ތާޒާ ކަމެކެވެ. ނިތް މައްޗަށް އެޅިފައިވީ އިސްތަށީގައި ހިފެހެއްޓިފައި ހުރި ފެން ތިކި ވެއްޓުނީ އަހެދްގެ އަތް ތިލައަށެވެ. އަހެދް ސިހުނެވެ. ހިތުގެ ތެޅުންވެސް ބާރުވެލިއެވެ. އެވަގުތު ގައިގާ އޮޅާލައިގެން ހުރި ރަޖާ ގަނޑަށް ދަމާލުމުން ރަޖާ އާއި އެކީ މުރުތަސިމްގެ މޭމައްޗަށް ތަތްވިއެވެ. އެ ހިނދު މުރުތަސިމްގެ ގަމީހުގައި ހިފުނުލެއް ބާރުކަމުން ގޮށްތަށް ނެއްޓުނެވެ. އަހެދްގެ ކޯތާފަތް ތަތްވީ މޭމަތީއެވެ. ހޫނެވެ. އެ ހިތުގެ ވިންދުގެ އަޑު އަހެދް ގެ ކަންފަތުގައި ގުގުމާލިއެވެ. އޭނަ އަށް ހިރިލަންވެސް ނުކެރިފައި ހުރެވުނެވެ. އަހެދް ލޯ ބޮޑުވެފައި ތުންފަތަށް ބާރުކޮށްލިއެވެ. " ބޭބޭ....އަވަހަށް ތުވާލިއެއް ދިއްކޮށްލަބަ...އެލީ މުޅީން ތެމި ފޯވެއްޖެ..." އެ ކުޑަ ޖިފުޓީގެ ތެރެއަށް ފެން ފޮޅަމުން ވަނީ އެލިޒީއެވެ. އެ އަޑު ޖެހުމާއެކު މުރުތަސިމް އަށް ބަލާލެވުނެވެ. ޔަގީންކުރަން ދަތިވެފައެވެ. އޭނަ އަށް ވަގުތުން އަހެދް ދުރުކޮށްލައި ތެދުވެވުނެވެ. ގަމީހުގެ ނެއްޓިފައި ހުރި ގޮށްތަށް އޭނާގެ މޭމަތި ހާމަކުރިއެވެ. " އަ...އަ...ސޮރީ..." އެލީޒީ އަށް ހުރެވުނެތަން ވެސް ނޭނގުނެވެ. އޭނާ އެ މީހެއްގެ ހިޔާލުތަކާއި ދުރުވުމަށް މަސައްކަތްކުރާ މީހާ ވީ ކުރިމަތީގައެވެ. އެވެސް އަލަތު އަނބިމީހާ އެކުއެވެ. ހިތަށް ކުރި އަސަރު ބަޔާނކުރަންވެސް ނޭގުނެވެ. އޭނާ އިސް ޖަހާލަމުން ވަން ދޮރުން ނިކުންނަންވެސް ނޭގިފައި ހުރެވުނެވެ. މުޅި ދުނިޔެ އެނބުރުނު ފަދައެވެ. އެލީޒީގެ ހަރަކާތްތައް ހުރީ ރޮބޮޓެއް ގްލިޗް ވި ފަދައަކުންނެވެ. ކައިރީގައި ހުރި ކަބަޑު މަތީ ހުރި ދަނޑުވެރިކަން ކުރާ ސާމާނުތައްވެސް އޭނަގެ އަތުގައި ޖެހިފައި އެވަގުތު ބަންޑުންވިއެވެ. މުރުތަސިމް އަށް ވަގުތުން އެހީ އަށް އަތް ދިއްކޮށްލެވުނެވ. އަދި އެއްޗެހި ނެގުމަށް އަވސްވެލިއެވެ. އެލީޒީ ވެސް އެ ނެގުމަށް އަވަސްވިއެވެ. " އެލީ...ސޯ ނައިސް ޓު ސީ ޔޫ....އައި މީން...އައިމް..." އޭނަ އަށް ކިޔަންވީ ނުކިޔަންވީ އެއްޗެއް ވެސް ނުވިސްނުނެވެ. އަހެދް އިނީ އެ މަންޒަރު ދެކެން ބުދެއްފަދައިން ގުޑިވެސް ނުލައެވެ. އެއީ ކޮން އެލީ އެއްކަން އޭނަގެ ސިކުނޑިއަށް ނަގައިގަންނަން މިނިޓެއް ނެގިއެވެ. އެލީޒީ ފެނުމުން މުރުތަސިމްގެ ލޯ ވިދާލި ގޮތްވެސް ހިތުގައި ބިންވަޅުނެގުނެވެ. އަހެދް ދުރުކޮށްލީވެސް އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައެވެ. ހިތަށް ތަދުވި އެވެ. ބަޔާންކޮށްދޭން ނޭނގޭ ފަދައަކުން މޭމަތި ފިތޭގޮތް އިހުސާސްކުރެވުނެވެ. ނަމަވެސް އަހެދްވެސް އަމިއްލަ ނަފްސު ގަދަ ކުރަން ވިސްނިއެވެ. އޭނާ މުރުތަސިްމ ދެކެ ލޯތްބެއްވެސް ނުވެއެވެ. އަދި އަމުދުން އެހެން އަންހެނެއް ފެނި އޭނާ ހަސަދަވެރި ވާންވީ ވެސް ކީއްވެހެއްޔެވެ. އެލިޒީގެ ރީތިކަން އިންތިހާއެވެ. ނަމަވެސް އޭނާ އަކީވެސް ރީތިކަމުގައި އެލީޒީއަކަށް ދުކުރާނޭ ވަރު މީހެއް ނޫނެވެ. ކޮންމެއަކަސް އެލީޒީ އާއި މުރުތަސިމްގެ ގުޅުން އެނގެން ބޭނުންވިއެވެ. " އިޒް ދެޓް ޔޯ ވައިފް؟" އެލީޒީ އަށް އަހާލެވުނެވެ. ތެމި ފޯވެފައި ހުއްޓަސް ލޮލުން ފޭދުނު ކަރުނަތިކިތައް މުރުތަސިމް އަށް ވެސް ފެނުނެވެ. "އަހެދް..." އޭނަ އަށް އަހެދް ގެ އަޑު އިވުނީ ދާދި ކައިރިންނެވެ. އަހެދް އަތް ދިއްކޮށްލައިގެން ހުރީ ސަލާމް ކުރުމަށެވެ. އޭނަ އަށް ދަތްކުނޑިވިކައިލެވުނެވެ. އަހެދްދެކެ އައި ރުޅި ގަދަވިއެވެ. އަހެދް އަށް ކުރެވުނު އިތުބާރު މަތިން ހަނދާންވެފައެވެ. އެލިޒީ ތެދުވަމުން އަތް ފޮޅާލާ އަހެދް އާއި ސަލާމް ކުރިއެވެ. " ޔޫ އާ ފޭމަސް ދޯ....ޓީވީން ފެންނަވަރަށް ވުރެ ހަމަ ލޮލަށް ފެންނަ އިރު މާ ރީތި...." " ޔޫ އާ މޯ ބިއުޓިފުލް....ނޯ ވޮންޑާ ވައި ސިމް މެރީޑް ޔޫ...." އެލިޒީ ހީލިއެވެ. ނަމަވެސް އެބަސްތަކުގައި ވީ ހިތާމަ މުރުތަސިމް އަށް ނަގައިގަނެވުނެވެ. އެލީޒީގެ ލޯ ވީ އޭނަ އަށް ހުއްޓިފައެވެ. މުރުތަސިމްގެ ގަމީހުގެ ގޮށްތަށް އެޅުމަށް އަހެދް އަވަސްވިއެވެ. އޭނާ ބޭނުންވީ އެލިޒީއަށް އެއީ އޭނާގެ ހައްގެއްކަން ދެއްކުމަށެވެ. އެވަގުތު މުރުތަސިމް އޭނަ ގެ އަތުގަިއ ހިފިއެވެ. ބާރަށެވެ. އެލިޒީ ވަގުތުން އެނބުރުނެވެ. އެ މަންޒަރު ދުށުމަށް އޭނާއަށް ފަސޭހައެއް ނޫނެވެ. " ވަޓް އާއ ޔޫ ޑުއިންގް....." އޭނަ ދަތްކުނޑިވިކާފައި ވާހަކަ ދެއްކި އަހެދް އަށް އެކަނި އަޑު އިވޭވަރަށެވެ. އަހެދް ލާނެތްގޮތަކަށް ކަޅި އަޅާލީ ތުއި ހިނިތުންވުމަކާއި އެކީއެވެ. އޭނަ އަހެދް ގެ އަތަށް ތަދުވާހާ ބާރަށް ފިތައިލިއެވެ. އަހެދްގެ ހިނިތުންވުން ފަނޑުވަމުން ދިޔައެވެ. ތަދުވިއެއް ކަމަކު ތަދު އިހުސާސްވާކަން ދައްކަން ބޭނުމެއްނުވިއެވެ. އެލީޒީ އަކީ ހަމ އެހާ ހާއްސަ މީހަކީބާއެވެ. " އަނހަ.....ކޮއެފުޅު މިތާ....ރަނގަޅު ގަޑިއަކަށް ތި ލައްވާލީވެސް....ބޭބެ ހަމަ ސައި ތައްޔާރުކޮށްލައިގެން މިއައީ...މިއަދު މިގެއަށް އައި ދެ މެހެމާނުން މިތިބީ..." މުސްކުޅި ފުރައިގެ ދަނޑުވެރިޔާ ވާހަކަދެއްކިއެވެ. ތަބެއްގައި ތަށިތައް އަތުރާލައިގެން އައިއިރު އަނެއްއަތުގައި ސައިކުރާއެވެ. އެލީޒީ ވަގުތުން އެ ބޭބެ އަތުން ތަބައް ހޯދައި އެހީ ވެދިނެވެ. އަހެދް އަތް ދަމައިގަތެވެ. މުރުތަސިމް އަވަހަށް ގަމީހުގެ ގޮށް އެޅުވިއެވެ. އަމިއްލައަށެވެ. އޭރު އަހެދް ގެ އަތް ވީ ރަތް ވެފައެވެ. ނަމަވެސް ހެދުމުގެ އަތު ކުރީން އެތަން ފޮރުވާލިއެވެ. ތަދުވިއެއް ކަމަކު އޭނާ ހިނިތުންވެލިއެވެ. އަދި އެލީޒީ އަށް ކަޅި އަޅާލިއެވެ. އެއީ ހަމަ މުރުތަސިމް އަށް ވަރަށް ހާއްސަ މީހެކެވެ. " އެލީ މިތާ ކީއްކޮށްލަނީ؟...އޮފް ދަ ގްރިޑް ގަ....ސޯ އަންލައިކް ޔޫ..." މުރުތަސިމް އެލީޒީ އަށް ސަމާލުކަން ދިނެވެ. " ދަންނަ ކުދިބައެއްތަ މިއީ އެލީޒާ...." މުސްކުޅި ބޭބެ އަހާލީ ހައިރާންކަމާއެކުއެވެ. "އާނ....ޒަމާންވީ ރައްޓިއްސެއް....ޖަސްޓް އިން ސާޗް އޮފް ސަމް ޕީސް.....ކިހިނެއް ސިމް މިތަނަށް އައީ؟" "ޕީސް އޭ.....އެއްވެސް ޕީސް އެއް ކީސް އެއް ނޫން...މި ހިސާބުގަނޑުގަ އުޅޭ ނިކަމެތި ފަޤީރު ކުދިންނަށް އެހީވެދިނުމަށް....ކޮންމެ މަހަކު ވެސް އެލީޒާ އާދޭ އެ ކުދިންނަށް އެހީވެދޭނެ... އެކަމަކު މިފަހަރު....ބޭބެ އަށް ހީވަނީ ދާން ބޭނެން ނުވެފަ ހެން..." އެލީޒާ އިނީ އުނދަގޫވެފައެވެ. މުރުތަސިމް އަށް އެކަން އެނގުމަށް އޭނާ ބޭނުމެއް ނުވެއެވެ. އަހެދް އިށީނެވެ. ސައި ތަށި ދިއްކޮށްލުމުން ނުނެކޭ ބުނެލިއެވެ. އޭނާއަށް މިވަގުތު އެއްވެސް އެއްޗެއް ކަރު ތެރެއިން ދިރުވަން ފަސޭހައެއް ނޫނެވެ. ހީވަނީ އެއްޗެއް ކަރު ތެރޭ ތާށި ވެފައި ހުރީހެންނެވެ. " ކިހިނެއްވީ....ނަޖިސް ވީ؟ބޭބެ ވަރަށް ރީއްޗަށް ސާފުކޮށްލައިގެންނޭ...." "ނޫނޭ...ވަރަށް ގަޔާ ވާ ކަހަލަ ސައެއް ތިއީ...އެކަމަކު ކުޑަކޮށް ހޮޑުލަވާ ކަހަލަ ގޮތެއްވީމަ....ހީވަނީ ވާރޭގަ ތެމުނީމަ ހެން..." " ތިވެދާނެ އެހެން ކަމަކަށް ވެސް....އަހަރުމެން ހިސާބު ކައިވެނި ކޮށްއުޅޭ އަންހެނުން މޭނުބައި ކުރަންޏާ އެއީ...." އެ ބޭބެ ގެ ޖުމްލަ ފުރިހަމަ ނުވަނިސް މުރުތަސިމް ކޮށި އެރިއެވެ. އަހެދް އަށް ހެވުނެވެ. ގަސްދުގައި ނޫނަސް އޭނާއަށް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންހެއްޔެވެ؟ އެލީޒީ ގެ މޫނު މަތީންވެސް ނުތަނަވަސްކަން ފާޅުވިއެވެ. "އެލީ....ސޯ އާ ޔޫ ވޯކިން މިކޮޅުގަ؟.ފޯ ހައު މެނީ ޑޭއިސް މިތާ؟" މުރުތަސިމް އަވަހަށް މައުޟޫ ބަދަލުކުރަން މަސައްކަތްކުރިއެވެ. އެލީޒީ ޖަވާބެއް ނުދެއެވެ. ސައި ތަށިން ކޯވަރެއް ބޯލަމުން އޭނާގެ ލޯ ފޮހެލިއެވެ. އެވަގުތު މުރުތަސިމް އަށް ފޯނެއް އައެވެ. ވާރޭވެސް ތުނިކޮށްލީ އެވަގުތުއެވެ. " ގެއިން ކަންނޭނގެ އެ ގުޅަނީ އަވަހަށް ނަގާބަ...ނަސީބެއްނު..." އަހެދް އަށް ބުނެލެވުނެވެ. އޭނަ ފޯނު ނަގަން ބޭނުން ނުވެފައި ހުރެމެވެސް ނެގިއެވެ. އެއީ ކައިލް އެވެ. ފޯނުން ވާހަކަ ދެއްކެނީ އަޑު ކެނޑި ކެނޑިގެން ކަމުން އޭނަ ބޭރަށް ނިކުތެވެ. އެލީޒީ ވެސް ފަހަތުން ދިޔައެވެ. އަހެދް ދާން ބޭނުންނުވެ ހުރެވެސް ނުކުމެވުނީ ކީއްވެކަމެއް ނޭގުނެވެ. ޖެހިލުންވީއެވެ. އެލިޒީ އާއި މުރުތަސިްމ ގެ ގުޅުމަކީ ގާތް ގުޅުމެއްކަން އެނގެއެވެ. ނަމަވެސް އެއީ ލޯބިކަމަށް ވެއްޖެއްޔާ އެއީ އޭނައަށްވެސް ދެކެން ފަސޭހަވާނެ މަންޒަރެއް ނޫނެވެ. ބައެއްފަހަރު އަހެދް އަށް އޭނާގެ އިހުސާސްތަށް ފުށުއަރަނީ ކީއްވެބާއެވެ. " އެއީ ހާދަ ރަނގަޅު މަންޖެއެކޭ....މި ކުޑަ އަވަށުގައި އުޅޭ އެތަށް ބަޔަކަށް ރަޙްމަތެއް.....އާމްދަނީން އެ ކުރާ ހޭދަ އާއި އަދި ހާއްސަ ކޮށް ކުޑަކުދީންނަށް އެ ވާ އެހީ....އެފަދަ ކުދީން ވަރަށް މަދުވާނެ..." އެ ބޭބެގެ ތަޢުރީފަކަށް ނިމުމެއް ނެތެވެ. "އެއީ މި އަވަށު ކުއްޖަކީތަ؟" އަހެދް އަހާލިއެވެ. އެލީޒީ އަކީ ކާކުކަން އެނގެން ރަނަގޅު ފުރުސަތެކެވެ. " ނޫން...އެއީ މަންމަ އެއްވެސް ނެތް ބައްޕަ އެއްވެސް ނެތި ބޮޑުވި ކުއްޖެއް....އަމިއްލަ މަސައްކަތުން މިހާ ހިސާބަށް އާދެވިފަ....އެފަދަ ކުދީންނަށް އެނގޭނެ އެހެން މީހުންގެ ހާލު މާ ބޮޑަށް ވެސް....ވަރަށް ހިތްތިރި މީހުންނަށް އެހީވެ އުޅޭ ކުއްޖެއް....ޓީވީ އިން ފެންނަ އިރު މިީހުންނަށް ހީވެދާނެ ފޮނި ބޮޑާ ކުއްޖެކޭ މަޝްހޫރު ވީމަ....އެކަމަކު އަހަރުމެންނަށް މިކުއްޖާ މަޝްހޫރުވީ ލަވަކިޔުންތެރިޔަކަށް ވުމުންނެއް ނޫން..." ބޭބެ ކިޔާދިނެވެ " ކައިވެންޏެއް ނުކުރޭތަ؟..." އަހެދް ނޭނގޭ ކަމަށް ހެދި އަހައިލިއެވެ. " ކޮއެފުޅު އެހާ ޓީވީ ނުބަލަމު ދޯ....އަދި ކައިވެންޏެއް ނުކުރޭ،....އެލީޒީ ވަރަށް ލޯބިވާ މީހެއްގެ ވާހަކަ ދައްކާ....އެކަމަކު މިފަހުން އައިސް...." އެ ބޭބެ ގެ ވާހަކަތައް މަޑު ޖެހިލިއެވެ. " މިފަހުން އައިސް؟" އަހެދް ސުވާލުކުރިއެވެ. އެނގެން ބޭނުނވެފައި ހުރި ލެއް ބޮޑުކަމުންނެވެ. "ތިއީ ނިއުސް ކާސްޓަރެއްތަ؟...ދެން އެހާ ހިސާބަށް އެވާހަކަ ބާއްވާ...." އަހެދް ލަދުގަންނަ ގޮތްވި ނަމަވެސް ހީލިއެވެ. " ކައިލް....ސިޓީ އިން ބޭރުގަ މިހިރީ ނު ދަނޑުވެރިކަމަށް ކަނޑާފައި ވާ ބިންތަކެއް ހުންނަ ހިސާބެއް....އެތަން...އާދެބަލަ ބަލާ...ކާރ ވެސް ކްރޭޝްޑް...މިފޮނުވަނީ ލޮކޭޝަން..." މުރުތަސިމް ވާހަކަ ދެއްކިއެވެ. ކައިލް އަށް އަޑުއިވޭނޭ ކަމެއް ނޭގެއެވެ. އެއީ އެކޮޅުން ދައްކާ ވާހަކަ އެހާ ސާފުނުވާތީއެވެ. ނަސީބަކުން ފޯނު ކަނޑާލުމަށް ފަހު ލޮކޭޝަން ފޮނުވުނެވެ. އަދި ކައިލްގެ ޖަވާބުވެސް ލިބުނެވެ. " އޯ ނައިސް...ނަސީބެއްނު..." މުރުތަސިމް ހިތާހޮތުން ކިޔާލިއެވެ. އަދި އެނބުރުނު ކުރިމަތީގައި ހުރީ އެލިޒީއެވެ. އޭނާގެ މޫނުމަތީގައި އެތައް އިހުސާސެކެވެ. " ސިމް އަށް ހަމަ ނިދި ނުލިބުނު ދޯ އަހަންނަށް ތި މަންޒަރު ދައްކާނުލާ....ވައި ވުޑް ޔު ކަމް ހިއާ އައުޓް އޮފް އޯލް ދަ ޕްލޭސެސް....ކާންޓް ޔޫ ސީ...އައިމް ޓްރައިން...." އެލީޒީ ފެންކަޅި ވިއެވެ. " އެލީ....އައި ކޯލްޑް ޔޫ...އައި ހޭވް ބީން ޓްރައިން ޓު....ދިސް މެރީޖް އިޓްސް ނޮޓް ވަޓް އިޓް ލުކްސް ލައިކް....." މުރުތަސިމް އަވަސް ރައްދެއް ދިނެވެ. އެލީޒީ އަށް ހެވުނެވެ. އޭނާގެ ކަރުނަތައް ވެސް ކޯތާފަތަށް އެޅުނެވެ. " ރިއަލީ ސިމް....ތި ދޮގު ނެހެދިޔަސް ހެވޭ....އައިމް ނޮޓް އަ ޗައިލްޑް....." އެލީޒީ ދުރަށް ދާން ހިނގައިގަތެވެ. އެވަގުތު އޭނައަށް އެ އަތުގައި ހިފުނެވެ. ނަމަވެސްވީ ސިކުންތެކެވެ. ދޫކޮށްލެވުނެވެ. އަހެދް މަތީން ހަނދާންކޮށްލެވުނެވެ. އެއީ ގޯހެކެވެ. " ސީ....ދެޓްސް ހައު ޔޫ ލެޓް ގޮ އޮފް މީ..." އެލީޒީ ބުނެލިއެވެ. " ކޭން ވީ މީޓް....ޖަސްޓް ވަންސް....ހުރިހާ ވާހަކަ އެއް ކިޔައިދޭން ބޭނުން..." " އެދުވަހު ސިމް ހޮސްޕިޓަލުގަ ދެއްކި ވާހަކަ އަށް ވުރެ އިތުރު ވާހަކައެއް ހުރެދާނެތަ....އަހެދް....އެއީ ސިމް ބޭނުންވާ ފަދަ ޕާފެކްޓް ގާލް އެއް ނޫންތަ....ޝީ ލުކްސް ވެރީ ބިއުޓިފުލް....ބޭރު ކުއްޖެއްހެން ހީވަނީ....ނީޑްސް ނޯ މޭކްއަޕް...އަދި މުޅިން ނިވާ ވެފަ...ދީންވެރި ކުއްޖެއް...."މުރުތަސިމްއަށް އޭނަގެ ފަރާތުން ނުފެނުނުހާ ސިފަތަކެއް އަހެދްގެ ފަރާތުން ފެނިއްޖެ ނޫންހެއްޔެވެ؟ " ޕްލީޒް...އެލީ....." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ