އުސޫލުތަކާ ހިލާފަށް މުޒާހަރާތަކާއި އެއްވުންތައް ބްރޯޑްކާސްޓްކުރާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ބްރޯޑްކާސްޓިންގެ އުސޫލާ ހިލާފަށް ލައިވް ކުރާ ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ ގާނޫނުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުން ފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ."ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައިވެ އެވެ.ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ.އެ ކަންބޮޑުވުންތަކާ ހެދި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ޒުވާނުންގެ ގިނަ ބަޔަކު ރޭ އެއްވެ ވަނީ އަޑު އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ