ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި 130،155 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގެންފައި ވަނީ އިއްޔެ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅަނިކޮށް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި 130،155 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގެންފައި ވަނީ އިއްޔެ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ކަސްޓަމްސްއިން އަދި ފުލުހުން ވެސް ބުނެފައެއް ނުވެ އެވެ.މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވަނީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްފަ އެވެ. އެހެންވެ، ސިނގިރޭޓު ފޮއްޓެއްގެ އަގު 200 ރުފިޔާއިން މައްޗަށް އަރާފައި ވާތީ، ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.މީގެ ކުރިން ޑިއުޓީ ފްރީން ސިނގިރޭޓު ބޭރުކުރަން އުޅެނިކޮށް ފުލުހުންތަކެއް ވެސް ވަނީ އަތުލައިގެންފަ އެވެ.ރާއްޖޭގައި މިހާރު ވަނީ ވޭޕް އަދި އީ-ސިނގިރޭޓު އެތެރެކުރުމާއި ބޭނުން ކުރުމާއި އަދި ވިއްކުން ވެސް މަނާކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރާއްޖެ އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ