މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ކުރިމަތިލާން ހުޅުވާލައިފި އެވެ.ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ ކަަމަށެވެ. އެ މެންބަރަކީ އައިމިނަތު އަމީނާ (އަނާ) އެވެ. އޭނާގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ 15 ގަ އެވެ.ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި މަހުގެ 29، ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ