އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ އިންވެސްޓިގޭޓަރުންނާއި ފުލުހުން، އެގްރިކަލްޗާ އެންޑް އަނިމަލް ވެލްފެއާ މިނިސްޓްރީއަށް މިއަދު ވަދެއްޖެ އެވެ.އޭސީސީ އާއި ފުލުހުން އެ މިނިސްޓްރީއަށް ވަދެފައިވާ ކަމަކަށް އެ ދެ އިދާރާއަކުން އަދި ނުބުނެ އެވެ. އެހެންކަމުން މި މައްސަލައިގެ ތަފުސީލެއް ނޭނގެ އެވެ.ފުލުހުންނާ ސުވާލު ކުރުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭސީސީން އިސްނަގައިގެން ހިންގާ ތަހުގީގަކާ ގުޅިގެން އޭސީސީ އާއި ފުލުހުން އެ މިނިސްޓްރީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ