ގައުމީ އިނާމަށް ނަން ހުށަހެޅުމަޒް ހުޅުވާލައިފި

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުއްވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށްގެންނާއި ރައީސް އޮފީހުގެ ރިސެޕްޝަނުން ނެވެ.
ތަފްސީލު - ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މިއަހަރު ސަރުކާރުން ވަނީ ދާއިރާއެއް އިތުރުކޮށްފަ އެވެ. އެއީ ޕެޓިޝަރީ އެންޑް ބޭކިންގެ ދާއިރާ އެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާނެ ރޮނގުތަކަކީ:
ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުން 
ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން
ގައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލަޔަކާއި ހަނދާނީ ލިޔުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ