މާބޮޑަށް ބޮލުގައި ރިއްސަނީތަ؟ މިކަންކަމަށް ސަމާލުވޭ
ބޮލުގައި ރިއްސުމަކީ އާއްމު ދިރިއުޅުމުގައި އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު އެންމެ ގިނައިން ތަހައްމަލުކުރާ އެއް ކަންތަކެވެ. އާއްމުކޮށް ބޮލުގައި ރިހުމުގެ މައްސަލަ ގިނަ މީހުންނަށް ދިމާވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނާއި ދިރިއުޅުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް އާދައިގެ ކަންކަމަށް އެދެވޭ ސަމާލުކަމެއް ނުދެވޭތީއެވެ. ސިއްހީ ގޮތުން މާބޮޑު މައްސަލައެއް ކުރިމަތިވެފައިނުވާ މީހެއްނަމަ މިކަމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް ވެސް އެބަހުއްޓެވެ. ރެޖިސްޓަޑް ޑައިޓީޝަން އަދި ޕްރޮފެޝަނަލީ ފިޓްނަސް ދާއިރާއިން އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރާ ޑރ.ޖެރެޑް މީޗަމް ބުނެފައިވާ ގޮތުގައި ބޮލުގައި ރިއްސުމުގެ އަލާމާތްތަކަށް އާއްމުކޮށް ގޭގައި ދެވޭނެ ފަރުވާ އަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިން، ނިދާލުން އަދި ފިނި ތުވާއްޔަކުން ނަމަވެސް ބޯ ބޮނޑިތާންކޮށްލުން ފަދަ ކަންކަމެވެ. ބޮލުގައި ރިހުން ދިމާވާ ބައެއް ސަބަބުތަކުގެތެރޭ ކެފެއިންގެ ބާވަތްތަކާ ދުރުހެލިވުން ވެސް ހިމެނޭ--ފޮޓޯ/ޕިންޓްރެސްޓް ބޮލުގައި ރިހުމަކީ ކުރިން އޭގެ އަލާމާތެއް ނުފެނި އަންނަ ރިހުމަކަށް ވުމަކީ ވެސް ވަރަށް ގިނަ ބައެއްގެ މުޅި ދުވަސް ހަރާބުވެ, އެ ދުވަހު ކުރަން ނިންމާފައިވާ ގިނަ ކަންކަމަށް ހުރަސް އެޅޭ ކަމެކެވެ. އާއްމުކޮށް ބޮލުގައި ރިހުމަށް މެދުވެރިވާ ކަންކަމުގެތެރޭ، ކެފެއިންގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލުން އަދި ނިއުޓްރިއެންޓް ޑެފިޝެންސީ ވެސް ހިމެނެއެވެ. ގުދުރަތީ ގޮތުން އާދައިގެ ބޮލުގައި ރިހުމަށް ދެވިދާނެ ފަރުވާގެ ތެރޭގައި، ފެންބުއިމުގެ އިތުރުން ފެނުގެ މާއްދާތައް ގިނަ މޭވާ އާއި ތަރުކާރީ ބޭނުންކުރުމަށް ޑރ.ޖެރެޑް މީޗަމް ލަފާ ދީފައިވެއެވެ. ހަމައެއާއެކު މެގްނީސިއަމް ބޭނުންކުރުން އާދަކޮށް، ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމަށް ސަމާލުކަންދީ، ދުވަސްވެފައިވާ ޗީޒް އަދި ފާމެންޓްކޮށްފައި ހުންނަ ކެއުންތަކާ ދުރުވުމަށް ސަމާލުކަން ދެވިދާނެއެވެ. ބޮލުގައި ރިއްސާނަމަ ގޭގައި ދެވިދާނެ އިތުރު ފަރުވާގެ ތެރޭގައި ޕެޕަމިންޓް ތެޔޮ ނުވަތަ ލެވެންޑަ ތެޔޮ ޖޮޖޯބާ ތެލާ އެއްކޮށްލުމަށްފަހު ބޮލުގައި އުނގުޅާލުމަށްފަހު މަސާޖްކޮށްލުމުން ވެސް ރިހުމަށް ލުޔެއް ލިބިގެންދާނެ ކަމަށް ޑރ.ޖެރެޑް މީޗަމް ވަނީ ބުނެފައެވެ. ބޮލުގައި ރިހުން މާގިނައިން އަންނަނަމަ ރިހުން އަންނަނީ ކީއްވެގެންތޯ ނުވަތަ ކޮންކަހަލަ ކަމެއް ދިމާވުމުންތޯ ބެލުންވެސް މުހިއްމެވެ. ބައެއް މީހުންނަށް މާ ބާރުގަދަ ވަހެއް ދުވައިފިނަމަ އޭގެ އަސަރުން ވެސް ބޮލުގައި ރިއްސާލައެވެ. އެހެންކަމުން މިއީ ބޮލުގައި ރިހުމަށް ލުޔެއް ހޯދައި ދިނުމަށް ސަމާލުކަން ދެވިދާނެ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ