ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް އަންނަނީ މިހާރު ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން ރައުދު، 21، ގ. އެރިއަދޫ، ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ޖެހިގެން އައި ހުކުރު ދުވަހު ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
ތަފްސީލު - މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރި ގޮތުގައި ރައުދު ހައްޔަރު ކުރަނީ އޭނާގެ ފަރާތުން ތަހުގީގަށް އެެއްބާރުލުން އޭރު ނުލިބޭތީ އެވެ.
ރައުދުގެ ހައްޔަރަށް މިހާރު ހަތަރު ދުވަސް ވެފައިވާއިރު، އޭނާ ތަހުގީގަށް އެއްބާރުލުން ދޭތޯ މިއަދު 'ދައުރު'ން ސުވާލު ކުރުމުން ފުލުހުން ބުނީ މިހާރު އޭނާ ތަހުގީގަށް ބަރާބަރަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
ޔުމްނާ ވެއްޓުމުގެ ކުރިން ހ. ފެންޓެނޯއީ ގޭގައި އޭނާއާ އެކު ހަރަކާތްތެރިވެފައި ވަނީ ރައުދުކަން ސީސީޓީވީން އެނގެ އެވެ. ރައުދު ހިމެނޭހެން އެ ރޭ ޔުމްނުއާ ދިމާވެފައިވާ ކަމަށް ބެލެވޭ އަށް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.
ރައުދުގެ ބަންދަށް ފަސް ދުވަސް ޖެހި އަމުރުގައިވާ ގޮތުން:
ހާދިސާ ހިނގި ރޭ، ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ބުނި
ޔުމްނު ވެއްޓުމަށް ފަހު، އޭގެ މާ ގިނައިރެއް ނުވަނީސް، އޭނާ ކޮބައިތޯ އެހުމުން، ވީ ތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ތަހުގީގުގެ ލިޔުންތަކުން އެނގޭ
އެކަމަކު އެ ހަމަނުޖެހުންތަކެއް ހިނގީ ކޮން ތާކު، ކޮން އިރަކު، ކިހިނެއް ކަމެއް އަދި ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނީ ކާކު ކައިރީ ކަމެއް އަމުރަކުން އެނގޭކަށް ނެތެވެ.
އިތުރަށް ބަލާލުމަށް - ޔުމްނު ވެއްޓުނު ހާދިސާގެ 'ދައުރު؛ގެ ކަވަރޭޖް ޕޭޖް
ރައުދު އަންނަނީ ތަހުގީގަށް އެއްބާރުލުން ދެމުން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ