ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަނުކޮށްފި ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަނުކޮށްފި

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަނުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އުފެއްދި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.
އެ ކޮމިޝަނުގެ މަަސައްކަތްތައް ފަށައިނުގަނެ އުޅެވެނީސް މިއަދު ޑރ. ހަބީބް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަނެއްކާ ވެސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ތިން މެންބަރުން ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ.
ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްތުތައް އަދާ ކުރުމުގެ ގޮތުން ބާރުތަކެއް ވެސް ދެއްވާފައިވެ އެވެ. އެއީ:
އެ ކޮމިޝަން ދެމި އޮންނާނީ ކޮމިޝަނާ ރައީސް މަތިކުރެއްވި މަސައްކަތް ފުރިހަމަވެއްޖެ ކަމަށް އެމަނިކުފާނު ކަނޑައެޅުމާ ހަމައަށް ކަމަށް ރައީސްގެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ