"ރާއްޖެ އިންވެސްޓަރުންނަށް ފަހި، ރާއްޖޭގައި އިންވެސްޓް ކުރޭ"

ބޮޑު ވަޒީރު އަންވަރު ވިދާޅުވި ގޮތުގައި ސަރުކާރުން އިންވެސްޓްމަންޓް ގާނޫނުތަކަށް ގެނެސްފައިވާ ބަދަލާއެކު އިންވެސްޓްމަންޓަށް ވަނީ ފަހިކަން އައިސްފަ އެވެ.
ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ޔަގީންކަން ބޮޑު ގައުމެއް ކަމަށާ އެހެންކަމުން ރާއްޖޭގައި އިންވެސްޓް ކުރަން ޖެހޭ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ. 
ރައީސް ޑރ، މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ މެލޭޝިއާގެ އެންމެ ނުފޫޒު ގަދަ ސައްސިއްޔަތު ކަމަށްވާ މިހާރުގެ ބޮޑު ވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓުކުރުމުގެ ސިޔާސަތުތަކަށް މިހާރުގެ ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާ މިހާރު ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއާ މެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑު ވެގެން ގޮސްފައިވާ ކަމަށެވެ. 
"ރާއްޖެ އާއި މެލޭޝިޔާގެ ރައްޔިތުން ދެ ގައުމަށް ދަތުރު ކުރޭ. ހާރިޖީ ގުޅުން ވެސް ވަރުގަދަކަން. އަޅުގަނޑު ބޭނުންވަނީ މި ގުޅުން އެހެން ހަރުފަތަކަށް ގެންގޮސް ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިންވެސްޓުމަންޓުތައް އިތުރުކުރަން،" އަންވަރު ވިދާޅުވި އެވެ. 
ބޮޑު ވަޒީރު ވަނީ އެމެރިކާއިން ދާދިފަހުން ޑިއުޓީއަށް ގެނައި ބަދަލާއެކު އެ ގައުމުގެ މުދަލުންވެސް ޑިއުޓީ ބޮޑުވިކަން ފާހަގަ ކުރައްވައި މީގެ ސަބަބުން އެ ގައުމުގެ ވިޔަފާރި އެހެން ގައުމުތަކަށް ފުޅާ ކުރަން ޖެހިފައިވާކަން ފާހަގަ ކުރެއްވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ