މަޖީދީމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާދަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ވެހިކަލްތައް ޓޯ ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި މީހަކާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. އަދި ބުނީ މިގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.
ފުލުހުން ބުނީ އެ އެންގުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިއަދު 42 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށް ބުންޏެވެ. އެއީ ދެ ފޮރުޅީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލް ކަމަށް ބުންޏެވެ.
މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގަކީ އެންމެ ކާރޫބާރު ބޮޑު މަގެވެ. އެ މަގުގެ ދެ ފަރާތުގައި ޕާކު ކުރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ޕާކުކުރުން ވަނީ ހައްދުން ނައްޓާފަ އެވެ. އެކަމުގެ ސަބަބުން ހިނގާ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް ވެސް ވަރަށް ބޮޑަށް ދަތިވެ އެވެ.
މަޖީދީމަގުގައި ޕާކުކުރާ ވެހިކަލް ޓޯ ކުރަން ފެށުން: މިއަދު 42 ވެހިކަލް ޓޯ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ