މިއަދު އެއާ އިންޑިއާ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި އެ ބޯޓުން ދަތުރުކުރި މީހަކު ދިރިހުއްޓާ ފެނިއްޖެއެވެ.
242 ފަސިންޖަރުންނާއެކު ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ގުޖަރާތު ސްޓޭޓުގެ އަހްމަދާބާދަށް ބެއްޓުމުން އެ ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތާއި ގުޅޭގޮތުން އަހްމަދާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީ.އެސް. މަލިކް ވިދާޅުވެފައިވަނީ މަތިންދާބޯޓުން ދަތުރުކުރި އެކަކު ދިރިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭގޮތުން ސާފު މަޢުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިއުސް އޭޖެންސީ އޭ.އެން.އައި އަށް ފޯނުން ވާހަކަދައްކަވަމުން އަހްމަދާބާދު ޕޮލިސް ކޮމިޝަނަރު ޖީ.އެސް. މަލިކް ވިދާޅުވީ، ބޯޓުގެ 11އޭ ގޮނޑީގައި އިން މީހަކު ދިރިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އޭނާ ދިރިހުރިކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް ވެސް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފަވެއެވެ.
އޭނާ ދިރިހުރިކަމަށް ހޮސްޕިޓަލުން ބުނި، އޭނާ އަށް އަންނަނީ ފަރުވާދެމުން، މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ދެންނެވޭކަށް ނެތް. މަތިންދާބޯޓު ވެއްޓުނީ މީހުން ދިރިއުރިއުޅޭ ސަރަޙައްދަކަށް ކަމަށްވާތީ މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ." ކޮމިޝަނަރ ވިދާޅުވެފަވެއެވެ.
ދިރިހުރިކަން އެނގިފައިވާ މީހާ އަކީ 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝް ކަމަށް ދެނެގަނެވިފައިވެއެވެ. އޭނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އަހްމަދާބާދުގެ އަސަރްވާގައި ހުންނަ ސިވިލް ހޮސްޕިޓަލުގައެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެމީހާ އަކީ ސަލާމަތްވުމަށް ބޯޓުން ފުންމާލި މީހެކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އެއާ އިންޑިއާގެ ބޯޓެއް ވެއްޓުން: ދިރިހުރި މީހަކު ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ