މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދާނެ ގޮތަކާމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
ޓިކްޓޮކް ކުންފުނީގެ ވެރިން މިވަގުތު ތިބީ ރާއްޖޭގަ އެވެ. އެ ކުންފުނީގެ ވެރިންނާއެކު އިގްތިސާދާ ބެހޭ މިނިސްޓްރީއިން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް ފައިސާ ހޯދޭނެ ގޮތެއް ނުވަތަ އެ ޕްލެޓްފޯމް މަނެޓައިޒް ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ވީޑިއޯ ޕޯސްޓު ކުރެވޭ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުންކޮށްގެން ރާއްޖޭގައި މިވަގުތު އާމްދަނީއެއް ނުހޯދެ އެވެ. ޓިކްޓޮކުން ފައިސާ ލިބެނީ އެމީހަކަށް ފޮލޯ ކުރާ މީހާގެ ނިސްބަތުން ކުރާ ކޮންމެ ޕޯސްޓަކަށެވެ.
ޓިކްޓޮކުން އާމްދަނީ ހޯދާ ނަމަ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއެކު އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.
ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ކުރާތާ ދުވަސްގަނޑެއް ވެއްޖެ އެވެ. އެގޮތުން، ޗައިނާ ސަރުކާރާއެކު ވެސް ރާއްޖެއިން ވަނީ މަޝްވަރާތަކެއް ބާއްވައިފަ އެވެ.
ޓިކްޓޮކުގެ ވެރިން ރާއްޖޭގައި: ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތެއް ބަލަނީ ޓިކްޓޮކުގެ ވެރިން ރާއްޖޭގައި: ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ