ފްލެޓް ލިސްޓަށް 8،000އަށް ވުރެ ގިނަ ޝަކުވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ ބައެއް މީހުން ހިމަނައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަހުން އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު ހަމަވިއިރު 8،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިދިޔަ ފެބްރުއަރީ މަސް ތެރޭ ވަނީ އާންމުކޮށްފަ އެވެ.އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި، އެ ލިސްޓަށް 8،602 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ:ޕޯޓަލް މެދުވެރިކޮށް: 5236 ޝަކުވާ  އީމެއިލް މެދުވެރިކޮށް: 2840 ޝަކުވާސިޓީ މެދުވެރިކޮށް: 526 ޝަކުވާހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުން ކަމަށް ބުނެ އެކުލަވާލާފައިވާ ލިސްޓް މިސަރުކާރުން އަލުން އިވެލުއޭޓް ކުރުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ.ރައީސް ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިމަހުގެ 27 ވަނަ ދުވަހު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ