މި ފިޔަވަޅު އަޅާފައި ވަނީ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.
އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ މާލޭގެ މަގުމަތީގައި ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްގެން ހުއްޓުވީ ރައްޔިތުންނާއި ތައުލީމީ މަސްލަހަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެ ހިދުމަތުން ބުނެފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެން ގުދަނެއްގެ މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.ރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ ޕެޕާސްޕްރޭ ޖަހައިގެންނެވެ. މުޒާހަރާ ރޫޅާލުމުން އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ވެސް ކުރިއަށް ދިޔަ އެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ބުނެ ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވެ އެވެ.ފުލުހުން ރޭ ދަންވަރު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި މަޖީދީ މަގުގައި ދުއްވާ އުޅަނދުފަހަރަށް އުނދަގޫވާނެހެން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް މެދުނުކެނޑި ލިބެމުންދާ ކަމަށެވެ.މި އިހުތިޖާޖުގައި މަޖިލީދީމަހުގެ މުހިންމު މަގެއް ދަތުރުފަތުރުތަކަށް ބަންދުކޮށް، މިއުޒިކާއި ކެރަމް އާއި ޓޭބަލް ޓެނިސް ފަދަ ކުޅިވަރިތައް ކުޅުން ފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތަކެއް ކުރިއަށް ގެންދިއުމާ ގުޅިގެން، އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
"މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށްފަހު، މިރޭ ވަނީ އެ ހަރަކާތްތައް ހުއްޓުވައި، އެއްވުން ރޫޅާލާފައި،" ފުލުހުން ބުންޏެވެ.މި ފިޔަވަޅު އަޅާފައި ވަނީ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.ފުލުހުން ރޭ ހައްޔަރު ކޮށްފައިވަނީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ އައިޝަތު ޝިމަން އަހުމަދު (19އ) އެވެ.ފުލުހުން ބުނީ ހައްޔަރު ކުރި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރޭގެ މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ