އުރީދޫއަށް 20: ފުރަތަމަ އުމްރާ ދަތުރު ލައްވާލީ ސައްދާމަށް

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ލަކީ ޑްރޯގެ ފުރަތަމަ އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.
ތަފްސީލް - އުރީދީން ބުނީ ޖުމްލަ 19 އުމްރާ ދަތުރު ލިބޭ ގޮތަށް ކުރިއަށް ގެންދާ ލަކީ ޑްރޯގައި އުމްރާ ދަތުރު ލިބޭ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ އަހުމަދު ސައްދާމް ކަމަށެވެ. އުރީދޫއިން މިހާރު ވަނީ އެކަމުގެ ލިޔުން ވެސް އޭނާއާ ހަވާލުކޮށްފަ އެވެ. 
އެނގުން މުހިންމު - "ލިވް އަންލިމިޓެޑް" ޕްރޮމޯޝަންގެ ދަށުން: 
ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭނެ؛ ޖުމްލަ 19 އުމްރާ ދަތުރު 
 ދެ މީހެއްގެ ހައްޖު ދަތުރެއް 
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން: 
30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައިގެން 
އަލަށް ގުޅޭ ކަސްޓަމަރުން 400ރ. މަތިން ބިލް ދައްކަން ޖެހޭ
މީގެ އިތުރުން ރީޗާޖު ކުރުމާއި އެޑް-އޮން ބޭނުންކުރުމުން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ. 
ބުނީ ކީކޭ؟ - އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ