ޔުމްނުގެ އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބު- އާއިލާ ބޭސްފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޝަނެއް ރައީސް އުފައްދަވައިފި ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރި މައްސަލަ ތަހުގީގުކުރަން އަންގައިފ

އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް ގާނޫނީ އިންޒާރުތަކަށްފަހު މަޖީދީ މަގުގައި ހިންގަމުންދިޔަ އިހުތިޖާޖު މިރޭ ރޫޅާލައިފިއެވެ.
ފުލުހުންނެރުނު ބަޔާނުގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގުގައި ‘މަޖީދީމަގުގައި’ ދުއްވާ އުޅަނދުފަހަރަށް އުނަދަގޫވާގޮތަށް އެމަގު ބަންދުކޮށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާދުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ، ވިޔަފާރިވެރިންނަށް ނޭދެވޭ އަސަރު ކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް މެދުކެނޑުމެއްނެތި ލިބެމުންދާކަމަށެވެ.
މިރޭގެ މުޒާހަރާގައި މައިމަގުގައި މިއުޒިކް ކުޅެ، ޓޭބަލް ޓެނިސް އަދި ކެރަމްފަދަ އާންމު މަސްލަހަތާ ފުށުއަރާކަންތައް ކޮށްފައިވާތީ މިކަންތައްތައް ނުކުރުމަށް މިރޭ ތަކުރާރުކޮށް ނަސޭހަތް ދީފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެ.
ފުލުހުންބުނީ މިރޭގެ ހަރަކާތް ހުއްޓުވުމަށް މަޖުބޫރުވި އެންމެބޮޑު ސަބަކީ މާދަމާ އަކީ ޖީސީއޯލެވެލް ޓެސްޓަށް ގިނަދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވުމާއި ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ބަލައިފައެވެ.
މި ސިލްސިލާ މުޒާހަރާ އަކީ މާލޭގެ އިމާރާތަކުން ވެއްޓުނު ކަމަށް ބުނާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މިދިޔަމަހު 18ވަނަ ދުވަހު ޔުމްނު އުސް އިމާރާތަކުން ބަޔަކު ނުވަތަ މީހަކު ގަސްތުގައި ވައްޓާލީ ކަމަށް ބުނެ މުޒާހަރާ ކުރާމީހުންދަނީ ބަޔަކަށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އިސްވެރިންނާއި އިސްވެރިންގެ އާއިލީ ގޮތުން ތިމާގެ ބަޔަކަށް ވަނީ ބޮޑެތި ތުހުމަތުތައް ކޮށްފައެވެ.
ޔުމްނު އިމާރާތުން ވެއްޓި ލިބުނު ބޮޑެތި އަނިޔާތަކަށް މިވަގުތު މެލޭޝިއާގައި ފަރުވާހޯދަމުން އަންނައިރު އެހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިހާރު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ