ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިނުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ގުރައިދޫގައި ހުންނަ މަރުކަޒަރު ބަލަހައްޓަނީ ހެލްތު މިނިސްޓްރީންނެވެ. އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑުގައި ކުޑޫ ސިޓީ ފޮނުވީ އެޕްރީލް 19، ގަ އެވެ.
އެއީ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެ އެވެ. އެ ސިޓީއަށް ގާތްގަނޑަކަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބު ދީފައި ނުވެ އެވެ.
"މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އަށް 19 އެޕްރީލް 2025 ވަނަ ދުވަހު، ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި، ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ،" ކުޑޫ ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ. އަދި މެންބަރަކު ހޯދަން އެދޭ މައުލޫމާތެއް ވެސް ދިނުމަކީ އެ ގާނޫނުގެ ދަށުން އިދާރާތަކުން ކުރަން ޖެހޭ ކަމެކެވެ.
އެންމެފަހުން 2024 ގެ މެއި މަހު ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓްރީން ހާމަކުރި ގޮތުގައި ގުރައިދޫ މަރުކަޒުގައި މިހާރު 220 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި, 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 މީހުން އަދި ނަފްސާނީ ގޮތުން ބަލި 183 މީހުންނެވެ. އޭގެ ތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ