ހުލާސާކޮށް އިއްޔެ: ނަޝީދު އާއި ސަޕޯޓަރުން އެމްޑީޕީއާ އަލުން ގުޅެނީ ހުލާސާކޮށް އިއްޔެ: ނަޝީދު އާއި ސަޕޯޓަރުން އެމްޑީޕީއާ އަލުން ގުޅެނީ

އެމްޑީޕީގެ އެއް ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖޫން 21، 2023 ގައި އެ ޕާޓީ ދޫކޮށްލީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޖެހިފައި އޮތް ސިޔާސީ މައްސަލަ ހައްލުނުވެ، އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމަށް ފަހު އެވެ.
އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން އިއްޔެ ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން ގަރާރެއް ފާސްކުރީ ނަޝީދު އާއި ޑިމޮކްރެޓްސްގެ އެހެން މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.
މި ނިންމުން ނިންމިއިރު، ކުރިއަށް ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ނަޝީދު އޮތީ ހާމަކުރައްވައިފަ އެވެ.
ޖުލައި 13، 2023 ގައި ނަޝީދު ޑިމޮކްރެޓްސްއާ ގުޅުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށެވެ. އިޝާރާތް އެ ކުރެއްވީ އެ މަނިކުފާނަށެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ވެސް އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވި އެވެ.
- އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ އަދި ގުގުރުން އެކަށީގެންވޭ. ދެކުނަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ.
- ދެކުނާއި ހުޅަނގުދެކުނުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދު ވައިޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކކުނުން ގަޑިއަކު 3 މޭލާއި 13 މޭލަށް. ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 35 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ.
- އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ.
- ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި ހުންނާނީ 3 ފޫޓާއި 5 ފޫޓަށް އަދި ދެކުނުގެ އަތޮޅުތަކުގައި 1 ފޫޓާއި 3 ފޫޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ