ކާރެއް އެކްސިޑެންޓްވެ، އުޅަނދުތަކަކަށް ގެއްލުން

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު، އަމީނީ މަގުގައި ހުންނަ ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެންނެވެ.
މިއަދު މާލޭގައި ކާރެއް އެކްސިޑެންޓްވެ، ޕާކުކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުން ވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު، އަމީނީ މަގުގައި ހުންނަ ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެންނެވެ.ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެ ހިސާބުގައި ޕާކުކޮށްފައި ހުރި ހަ ސައިކަލަކާއި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓްވި ކާރަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ