ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ސަލީމަށް އަރުއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު, ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ފޮރިން މިނިސްޓްރީގެ އެމްބެސެޑަ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަހުމަދު ސަލީމް (ނަން ރީތި އަހުމަދު ސަލީމް)އަށް މިއަދު އަރުއްވައިފިއެވެ. އެ ޝަރަފުގެ ގޮތުގައި ރައީސް ވަނީ، މެޑެއްޔަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ސަލީމަށް ދެއްވާފައެވެ. ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ސަލީމަށް މި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމަށާއި ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތްގުޅުން ބަދަހި ކުރުމަށާއި ރާޢްޖޭގެ ތަރައްގީއަށްޓަކައި ބޭރު ގައުމުތަކުން އެކި އެހީތައް ހޯދައިދިނުމަށާއި ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ސަލީމަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުއްވުން: އޭނާ ވަނީ ޚާރިޖީ ދާއިރާއަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ---- ފޮޓޯ/ ރައީސް އޮފީސް ދިވެހި ދައުލަތަށް ސަލީމް ޚިދުމަތް ކުރައްވާތާ 54 އަހަރަށްވުރެ ގިނަ ދުވަސްވީއިރު، އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައި ވަނީ ޚާރިޖީ ދާއިރާއަށެވެ. ޚާރިޖީ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާއިރު، އެ ދާއިރާއިން ސަލީމް ދައުލަތާ ގުޅިވަޑައިގަތީ ޖުލައި ހަތެއް، 1968ގައެވެ. ސަލީމަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުއްވަނީ: އޭނާ ވަނީ ޚާރިޖީ ދާއިރާއަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ---- ފޮޓޯ/ ރައީސް އޮފީސް މިހާތަނަށް އެ ދާއިރާގައި ސަލީމް ވަނީ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، ސަލީމް ފުރުއްވި މަގާމުތަކަކީ: ޔުނައިޓެޑް ނޭޝަންގެ އިނގިރޭސި ސެކެޓްރީކަން ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ ޕާސްޕޯޓު އޮފިސަރުކަން ޑިޕާޓްމަންޓް އޮފް އެކްޓާނަލް އެފެއާޒްގެ އެސިސްޓެންޓް ޕްރޮޓޮކޯލް އޮފިސަރުކަން ވަކީލުކަން ޕާމަނަންޓް މިޝަން އޮފްދަ ރިޕަބްލިކް އޮފް ޓުދަ މޯލްޑިވްސް ޔުނައިޓެޑް ނޭޝަންސްގެ ކައުންސިލަރުކަން ފޮރިން މިނިސްޓްރީގެ ވަކީލުކަމާއި ސީނިއާ އަންޑަ ސެކެޓްރީކަން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަން ރާއްޖެއިން ނޭޕާލަށް ކަނޑައަޅާފައި ހުންނަ ނޮން ރެޒިޑެންޓް ސަފީރުކަން ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ޑިރެކްޓަރުކަމާއި ސެކެޓްރީ ޖެނެރަލްކަން މިދިޔަ ހަތް ސަރުކާރުގައި ފޮރިން މިނިސްޓްރީގައި ސަލީމް ޚިދުމަތްކޮށްދެއްވިއެވެ. އެއީ، ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު، ސަލީމަށް މި ޝަރަފު އެރުވުމުން މިހާރު ހުންނެވި މަގާމުން ރިޓަޔާކުރައްވަން ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ