އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް: ސީއޭއޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެމްއޭސީއެލް އިން އަންނަނީ ހާއްސަ ޓުއާ ތަކެއް ހިންގަމުންނެވެ. އަދި މި ޓުއާ ތަކަކީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއާ ތަކެކެވެ.މި ޓުއާއަށްފަހު، އާ ޓާމިނަލަށް ހާއްސަކޮށްގެން އެމްއޭސީއެލްއިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމަންޓުގައި ވާހަކަ ދައްކަވަމުން ސީއޭއޭގެ އެއާ ޓްރާންސްޕޯޓްގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ، އާ ޓާމިނަލްގެ ހުރިހާ ކަމެއްވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ.އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓާމިނަލެއް ހުޅުވާއިރު އެތަނުން ދެވޭ ހިދުމަތަކީވެސް މަތީ ފަންތީގެ ހިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން ކަސްޓަމާ ސާވިސް ޓްރައިނިން ޕްރޮގްރާމަކީ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ހިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހުމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމުގައި މިސްބާހް ވިދާޅުވިއެވެ.މިނިވަންދުވަހާ ގުޅުވައިގެން ހުޅުވަން ނިންމާފައިވާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޕަސެންޖާ ޓާމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމުވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށާއި ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ޖުލައި 26 ވަނަ ދުވަހުއެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް އެމްއޭސީއެލް އިން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ