މާފަރު ހިމެނޭހެން ހުރިހާ ރަށެއްގެ މަގު ހެދުން މިއަހަރު ފަހުކޮޅު ފެށޭނެ: ރައީސް
ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.ރައީސްގެ ވާހަކަފުޅުގައި މާފަރުގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދެއްވާކަމުގެ ޔަޤީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ މިންވަރަށް ޒަމާނީ ފެންވަރުގެ ސިއްޙީ މަރުކަޒެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ."މި އަހަރުގެ ފަހުކޮޅަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތާވަލުކޮށްގެން މިއުޅެނީ މަސައްކަތް ފެށުމަށް. މުޅި ރާއްޖޭގައިވެސް މަގު ހެދުމުގެ މަޝްރޫއު މިއަހަރުގެ ފަހުކޮޅު ފެށިގެން ގޮސް މި އަންނަ އަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރަން މި އޮތީ ކަނޑައެޅިފަ،" ރައީސް ވިދާޅުވި އެވެ.މީގެ އިތުރުން މާފަރުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވަނީ މާފަރު އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއާއި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމުގެ ޕްލޭން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.އެ ގޮތުން އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ