ލަންޑަން (އޮގަސްޓް 25) - އާސެނަލަށް ކުޅެމުން އަންނަ 15 އަަހަރުގެ ވިންގް، މެކްސް ޑޯމަން އަށް އެ ކްލަބުން ފުރުސަތު ލިބުނުހާ އަވަހަކަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ލީޑްސް ޔުނައިޓެޑް އަތުން 5-0 އިން މޮޅުވިއިރު، ޑޯމަން ވަނީ ބަދަަލަކަށް ކުޅެން ނުކުމެފަ އެެވެ. އެ މެޗުގައި އާސެނަލުން ޖެހި ފަހު ގޯލު ޕެނަލްޓީ އަކުން ވިކްޓަ ޔޯކެރޭޝް ކާމިޔާބުކުރިއިރު، މިއީ، ޑޯމަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މި ވަގުތު ޖޫނިއާ ކުޅުންތެރިންގެ އެއްބަސްވުމެއްގެ ދަށުން އާސެނަލްގެ ސީނިއާ ޓީމަށް ކުޅެމުން އަންނަ ޑޯމަން އަށް ޑިސެމްބަރު 31 ވަނަ ދުވަހު، 16 އަހަރު ފުރޭނެ އެވެ. އަދި، ގަވާއިދު ބުނާގޮތުން، 16 އަހަރުގެ ކުޅުންތެރިއަކަށް، ބެލެނިވެރިއެއްގެ ހުއްދަ ހިމެނޭ މާއްދާ އަކާ އެކު، ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެ އެވެ. އެހެންކަމުން އާސެނަލުން ތައްޔާރުވަމުން އަންނަނީ، ޑޯމަން ލައްވައި، ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސޮއިކުރުމަށެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ޑޯމަންގެ ހުނަރަށް ތައުރީފުކޮށް، އޭނާ އަކީ އާސެނަލްގައި ބޮޑު މުސްތަގުބަލެއް އޮތް ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.
އާސެނަލުން ފުރުސަތު ލިބޭއިރަށް ޑޯމަން އަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދޭނެ އާސެނަލުން ފުރުސަތު ލިބޭއިރަށް ޑޯމަން އަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ