ރައީސްއަށް އިނގިރޭސިވިލާތުން އިސްތިގުބާލުކުރީ ކޮން ހައިސިއްޔަތެއްގެ ކޮން ބޭފުޅުންނެއް؟ ރައީސްއަށް އިނގިރޭސިވިލާތުން އިސްތިގުބާލުކުރީ ކޮން ހައިސިއްޔަތެއްގެ ކޮން ބޭފުޅުންނެއް؟

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަދު އެވެ.
އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން،، އިސްތިގުބާލުގައި ވަޑައިގެންނެވި ބޭފުޅުންގެ ފޮޓޯއާއެކު ރައީސް އޮފީހުން ޕޯސްޓު ކުރެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒުއަށް އެ ގައުމުން އިސްތިގުބާލުކުރެއްވީ ރަސްމީ ހައިސިއްޔަތު އޮތް އެންމެ ދެ ބޭފުޅުންނެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް އެވެ.
އިނގިރޭސިވިލާތުގެ ރަސްމީ ޕްރޮޓޮކޯލް އޮންނަ ގޮތުން އެހެން ގައުމެއްގެ ވެރިއަކު އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ނަމަ، އިސްތިގުބާލު ކުރުމުގެ ކަންކަން ހަމަޖައްސަނީ އެ ގައުމުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފީހާއި ރޯޔަލް ހައުސްހޯލްޑުތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުންނެވެ.
އެގޮތުން އެހެން ގައުމެއްގެ ވެރިއަކު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ނަމަ އެ ގައުމުގެ ރަސްގެފާނު ނުވަތަ ރަސްކަން ތަމްސީލު ކުރައްވާ ބޭފުޅުންނާއި އިނގިރޭސިވިލާތު ސަރުކާރުގެ އިސް އޮފިޝަލުން އެ ބޭފުޅަކަށް އިސްތިގުބާލު ކުރައްވަ އެވެ.
ނަމަވެސް ރައީސް މުއިއްޒުއަށް އިސްތިގުބާލު ކުރައްވަން އެފަދަ އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވާކަން ރައީސް އޮފީހުން ކުރި ޕޯސްޓުން އެނގެ އެވެ. އެމަނިކުފާނަށް އިނގިރޭސިވިލާތުން އިސްތިގުބާލު ކުރެއްވީ:
މޭޖާ ޖެރެމީ ފާންއަކީ ގްރޭޓާ ލަންޑަންގެ ވޮލްތަމް ފޮރެސްޓްއަށް އައްޔަނުކުރައްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑެޕިއުޓީ ލޫޓެނެންޓްއެކެވެ.
ޑެޕިއުޓީ ލޫޓެނެންޓުންނަކީ އިނގިރޭވިލާތުގެ ކައުންޓީތަކުގައި ރަސްކަން ތަމްސީލު ކުރަން އައްޔަނު ކުރައްވާފައި ތިއްބަވާ ލޯޑް ލޫޓެނެންޓުންގެ މަންދޫބުންނެވެ. އެއީ ސަރުކާރުގެ ނުވަތަ ޝާހީ މަގާމެއް ނޫނެވެ.
އެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ބައިނަލްއަގުވާމީ ގޮތުން އިނގިރޭސިވިލާތް ތަމްސީލު ކުރެއްވުމުގެ ހައިސިއްޔަތެއް އަދި މެންޑޭޓެއް ވެސް ނޯވެ އެވެ.
ޑެޕިއުޓީ ލޫޓެނެންޓުން އައްޔަނު ކުރަނީ ކައުންޓީއެއްގެ ތެރޭގައި ހިމެނޭ ވަކި އަވަށަކަށް ނުވަތަ ވަކި ސަރަހައްދަކަށެވެ. އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
ގޯޑްން ވެދްރެލްއަކީ 2011 ވަނަ އަހަރު ރިޓަޔާ ކުރައްވި އިނގިރޭސިވިލާތުގެ ޑިޕްލޮމެޓެކެވެ. އިނގިރޭސިވިލާތުގެ އޯވާސީސް ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ޓާކްސް އެންޑް ކައިކޯސް ޖަޒީރާތަކުގެ ގަވަރުނަރުކަން އޯގަސްޓު 5، 2008 އިން އޯގަސްޓު 21، 2021 ގެ ނިޔަލަށް އޭނާ ކުރެއްވި އެވެ.
އޭގެކުރިން ވެދްރެލް ވަނީ އިތިއޯޕިއާ އަދި ގާނާއަށް ކަނޑައަޅުއްވާގައި ހުންނަވާ ސަފީރުކަން ކުރައްވައިފަ އެވެ. އޭގެއިތުުރުން އީސްޓް ބާލިން އާއި ޖެނީވާ އަދި ނިއުދިއްލީ އާއި ޗެޑް ފަދަ ތަންތަނުގައި އިނގިރޭސިވިލާތުގެ ހާރިޖީ މަސައްކަތްތައް އޭނާ ކުރެެއްވި އެވެ.
ރިޓަޔާ ކުރައްވާފައި ތިއްބަވާ ޑިޕްލޮމެންޓުންނަކީ ބައިނަލްއަގުވާމީ ގޮތުން އިނގިރޭސިވިލާތް ތަމްސީލު ކުރެއްވުމުގެ ހައިސިއްޔަތެއް އަދި މެންޑޭޓެއް އޮންނަ ބައެއް ނޫނެވެ. އެފަދަ ބޭފުޅަކު ގައުމެއްގެ ވެރިއަކާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ބައްދަލު ކުރައްވާނަމަ، އާންމުކޮށް ކުރައްވަނީ ވަކީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ