ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރާމިޒު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު މިއަދު އަވަހާރަވެއްޖެ އެވެ.
ރާމިޒް އަވަހާރަވި އިރު އުމުރުފުޅަކީ 74 އަހަރެވެ. އެގޮތުން ރާމިޒުގެ ޖަނާޒާ މިއަދު އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައި އެވެ.
ރާމިޒު ވަނީ ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައި އެވެ. ސިޔާސީ ކަންކަމުގައި ވެސް ކުރިން އިސްކޮށް އުޅުއްވި ރާމިޒު، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އުފެއްދެވި ޑީއާރްޕީގެ ނައިބު ރައީސްކަން ވެސް ކުރެެއްވި އެވެ.
ރާމިޒު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ