ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށް އެމްއައިބީގެ ވިސާ ކާޑުން ޑިސްކައުންޓު ދެނީ

ކުޑަކުދިންގެ
ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވިސާ ޑެބިޓް
ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ވަކި ފިހާރަތަކާއި
ރެސްޓޯރެންޓްތަކުން 20 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. 
މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ
މެދުގައި މަގުބޫލު އައުޓްލެޓްތައް ކަމަށްވާ، މިނިސޯގެ ފިހާރަތަކާއި،
ޗިކިންގެ ރެސްޓޯރަންޓުތަކާއި، ސްކޫޕް އަދި ކޮކީ ފިހާރަތަކުންނެވެ. 
އެގޮތުން ކުޑަކުދިންގެ ކުޅޭ އެއްޗިހި ވިއްކާ ފިހާރަ، "ކޮކީ" ފިހާރަތަކުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި ކުޑަކުދިންގެ މެދުގައި
މަގުބޫލު ސްކޫޕް އިން 15 ޕަސެންޓުގެ ޑިސްކައުންޓް،  މިނީސޯ އާއި ޗިކިން އިން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. 
މި ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭނީ އެމްއައިބީ ޕީއޯއެސް ޓާމިނަލްތައް މެދުވެރިކޮށް 300 ރުފިޔާއިން މަތީގެ މުއާމަލާތްތަކަށެވެ. އެއް މުއާމަލާތަކުން ގިނަވެގެން ލިބޭނީ 500 ރުފިޔާގެ ޑިސްކައުންޓެކެވެ.
މިއަދު ފެށި މި ޕްރޮމޯޝަން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.  މި ކެމްޕެއިންގައި ބައިވެރިވެވޭނީ އެމްއައިބީ ވިސާ ޑެބިޓް ކާޑު
ގެންގުޅޭ ހުރިހާ ކަސްޓަމަރުންނާއި، ފައިސާވެއާ ބޭނުންކުރާ ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ