ސަރުކާރު ހިންގާ ކޯލިޝަނުން ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭރުކޮށްލުމާއެކު ސަރުކާރު ހިނގައިގަންނާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް މައުމޫނާއި ނުލައި ނުވަތަ ވަކި ބަޔަކާ ނުލައި ސަރުކާރު ނުހިންގޭނެ ކަމަށް ދެކޭ ދެކުން ބަދަލުކުރައްވަން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް އަމާނާތްތެރި ރަނގަޅު ބޭފުޅެއް ކަމަށާއި، ރައްޔިތުން ވެރިކަން ހަވާލުކުރީ ރައީސް ސޯލިހަށް ކަމަށެވެ. ރައީސް މައުމޫނަށް މިހާރު ދެތިން ވޯޓުވެސް ނުލިބޭނެ ކަމަށާއި ޚުދު އަމިއްލަ ދަރިކަލުންގެ ވޯޓުވެސް މައުމޫނަށް ނުލިބޭނެ ކަމަށެވެ. މިދަނޑިވަޅަކީ މައުމޫނާއި ނުލައި ގައުމު ވިސްނަން ޖެހޭ ދަނޑިވަޅެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަކީ ގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ބޭނުންވާ ހަމައެކަނި ކަމަކީ ބޭނުންވާ ގޮތަށް ސަރުކާރު ހިންގޭނެ ގޮތް ވުން ކަމަށާއި މައުމޫނާއި މައުމޫނުގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަކީ ސަރުކާރަށް މުހިންމުނޫން ބައެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ.
ރައީސް މައުމޫނާއި ނުލާ ވެރިކަން ނުހިންގޭނޭ ހީވުމަކީ މޮޔަކަމެއް. ރަނގަޅަށްވިއޔްާ ރައީސް މައުމޫނު މިހާރު ބުއްދިވެސް ހަމައެއްނޫން. ހަނދާނެއްވެސް ނުހުރޭ. ހިނގާބިނގާވެސް ނޫޅެވޭ. ދެން އެބޭފުޅާ އަނެއްކާވެސް ނުކުމެ އެބޭފުޅާގެ މީހުންނަށް ވެރިކަން ދޭން މިއުޅެނީ. އެއެންމެންނަކީވެސް ވައްކަން ކޮށްފައި ތިބިބައެއް. މީހުުންނަށް ދޯކާ ދޭބައެއް. އޭނާ ކައިރިން މިސަރުކާރުން ނުކުތީމަ މިސަރުކާރު ހިނގާނެ! މައުމޫން އައުޓް!
ސަރުކާރު ހިންގެވުމަށް ދަތިވަނީ ކޯލިޝަނުގައި ތިއްބެވި ނާގާބިލް ބޭފުޅުންގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲއަކީ ވަރަށް ގާބިލް ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ޝެއިޚް އިމްރާނަކީވެސް ކޯލިޝަންގެ ބޭފުޅެއް ނޫންތޯ ސުވާލުކުރެއްވުމުން ޖާބިރު ވިދާޅުވީ ޝެއިޚް އިމްރާނަކީ ކޯލިޝަނަކަށްވުރެ މާ ގާތް ބޭފުޅެއް ކަމަށެވެ. ކޯލިޝަނެއްގައި އޮވެގެން، ތަރިކަ ބަހާ އުސޫލުން މަގާމުތައް ބަހަންޖެހޭނަމަ ސަރުކާރު ނުހިންގޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންނަމަވެސް، ވެރިކަމަށް އައީ އެކަމަށް އެއްބަސްވެގެން ނޫންތޯ ސުވާލުކުރެއްވުމުން ޖާބިރު ވިދާޅުވީ ކޯލިޝަން އެއްބަސްވުމަކީ އެއް އިރެއްގައިވެސް އޮތް އެއްޗެއް ނޫންކަމަށެވެ. އެއީ މައުމޫނާއި އަދިވެސް ބައެއް އެހެން ބޭފުޅުން ހައްދަވައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެހުރިހާ ކަމަކަށް ފަންޑުކުރީ އެބޭފުޅާ ކަމަށާއި ރައީސް މައުމޫނަށް އެބޭފުޅާ ފައިސާ ދެއްވިކަމަށް ބުނާ ވާހަކަ ތަކުރާރުކުރެއްވިއެވެ. އެކަމަކު އެފައިސާ ނަގައިގެން އަމަލު ކުރެއްވީ ނަހަލާލު ގޮތަކަށް ކަމަށް ވިދާޅުވިއެވެ.ރައީސް މައުމޫނަކީ ދަރަންޏަށް ޒިންމާ ނުނަގާ ބޭފުޅެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދަރިން ވިދާޅުވާ ގޮތުގައި ބައްޕާފުޅުގެ ދަރަނި ވާނީ ބައްޕާފުޅުގެ ދަރަންޏަށް ކަމަށް ވިދާޅުވިއެވެ. މިގޮތަށް ކަންކަންވާ ކަމުގައި ވާނަމަ، ރައީސް މައުމޫނު ނެތް ދުނިޔެއެއްގައި މައްސަލަ ކޯޓުގައި ކުރިއަށްދާ ދުވަހަކު ރައީސް މައުމޫނަކީ ތިމަންނަމެން ދަންނަ ބޭފުޅެއް ނޫންކަމަށް ދަރިން ވިދާޅުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މައުމޫން ބުއްދިހަމައެއް ނުޖެހޭ، މައުމޫން ބޭރުކޮށްލުމާއެކު ސަރުކާރު ހިނގައިގަންނާނެ: ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ