ނަޝީދުގެ ކެމްޕެއިން ޓީމުން އެމްޑީޕީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ނަޝީދުގެ ކެމްޕެއިން ޓީމުން ހާމަކުރި ގޮތުގައި، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ އަމިއްލަ ހައިޘިއްޔަތުން ޤާނޫނީ ވަކީލު އަލްއުސްތާޛް ޢަބްދުﷲ ޝާޢިރެވެ. ޝާޢިރު ހުށަހެޅުއްވި މައްސަލަ ބިނާވެފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ:
1. އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 46 ވަނަ މާއްދާއާ ޚިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި، އިންތިޚާބާ ބެހޭ ކޮމިޓީން އަމިއްލަ ގޮތްތަކެއް ނިންމައިގެން އިންތިޚާބު އިންތިޒާމު ކުރަމުންދާ މައްސަލަ.
2. ޕާޓީގެ ލީޑަޝިޕާއި އިންތިޚާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސާސީ ޤަވާއިދަށް ފުރިހަމައަށް ޢަމަލުކުރުމަށް އަމުރެއް ނެރެދިނުމަށް އެދޭ މައްސަލަ.
މީގެއިތުރުން، ކެމްޕެއިންގެ ފަރާތުން ހިންގާ ޙަރަކާތްތަކާއި ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް ގަވާއިދުން ޢާންމުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަންވެސް އެ ފަރާތުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ