މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9.45 އިން މެންދުރުފަހު 15.30 އާ ހަމައަށެވެ.
އެވަގުތު ތަކުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން ވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެން ކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުތައް ރާވައި ކުރިއަށް ގެންދިއުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ