ނުހައްގުން ޖަލަށް ލާފައިވާ އަދަދުގެ ނޫސްވެރިން މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު އަދި ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި މާލޭގެ މަގުތަކުގައި މިރޭ ވެސް އިހުތިޖާޖު ފަށައިފި އެވެ.
މިރޭ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކުރީގެ ނޫސްވެރިޔާ ހުސެން ހަސަން އާއި އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ. ގިނަ ފުލުހުންތަކެއް ގަދަކަމުން އެ ދެ މީހުން ޕިކަޕަށް އަރުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނުނެވެ.
އޭގެ ފަހުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސަޕޯޓަރުންނާއި ނޫސްވެރިންނާއި، ނޫސްވެރިންގެ އާއިލާތަކާއި އިންސާފަށް ލޯބިކުރާ ގިނަ ބަޔަކު މަޖީދީ މަގުން ހިނގާފައި ދިޔުމަށް މަސައްކަތް ކުރި އެވެ.
އެކަމަކު ފުލުހުން ހުރަސް އެޅުމުގެ ސަބަބުން އެމީހުން ވަނީ އާޓިފިޝަލް ބީޗަށް މަޑުކޮށްފަ އެވެ. އެ ސަރަހައްދުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަލްސާއެއް މި ވަގުތު ކުރިއަށްދާ އިރު، ރައީސް މުހައްމަދު މުއިއްޒު އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
މުޒާހަރާގެ ބައިވެރިން ދަނީ "އެލް ސޯފާ" ކޮބައިތޯ އާއި "ދަންވަރު ގުޅީ ކީއްވެތޯ" ފަދަ ސުވާލުތައް ގޮވަމުންނެވެ. އޭގެ އިތުރުން ޖަލުގައި ތިބި ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ވެސް ދަނީ އަޑުއުފުލަމުންނެވެ.
ނޫސްވެރިންގެ ހައްގުގައި މިރޭގެ މުޒާހަރާ އާޓިފިޝަލް ބީޗް ސަރަހައްދުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ