ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާގެ ޝަރީއަތް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަ؛ލްވެއްޖެއެވެ.
އެކަން ހާމަ ކުރައްވައި އެމައްސަލައިގައި ހަރަކާތް ތެރިވާ ގާނޫނީ ވަކީލު އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލްވެފައިވަނީ މައްސަލައިގައި ހިމެނޭ ކުށްވެރިން ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުން ކަމުގައެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު 9:00 އަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރަންޖެހުނީ ޖަލުގައި ތިބޭ ދައުވާ ލިބޭ މީހުން ކަނޑުގަދަވެ ދަތުރުކުރުމަށް ދަތިވުމުން ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.
އަދި މިއަދު ކެންސަލްވީ އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ނާޒިމް ސައްތާރު ވިދާޅުވީ އެއީ އަލަކަށް ވާ ކަމެއް ނޫން ކަމަށާއި މައްސަލައިގައި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރު ނުކުރެވުނީ ކަރެކްޝަންސްގެ އިހުމާލުން ކަމަށެވެ.
އޭނާ ވިދާޅުވީ ވާރެވެހެނީ އަލަކަށް ނޫން ކަމަށާއި އެމީހުން އިއްޔެ މާލެ ގެނައި ނަމަ އެކަން އެހެން ދިމާ ނުވި ކަމުގައެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން 10 މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރިއަށް ދެއެވެ.
Today’s bomb trial was cancelled because corrections failed to bring suspects to criminal court. Alakah noon dho varey vehenee. Corrections should have brought them to male yesterday
— Nazim Sattar (@nazimsat) May 30, 2022
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ކޮން ގޮއްވާލި އަދުހަމް ރަޝީދަށް އެކަންޏެވެ.
އޭނާގެ މައްސަލަ އަވަހަށް ނިމުނީ، އޭނާ ކުށަށް އިއުތިރާފްވެ ދައުލަތާއެކު އެއްބަސްވުމެއް ގާއިމްކުރުމުންނެވެ.
ބޮމުގެ ހަމަލާގެ ޝަރީއަތްތައް ކުރިއަށްދާގޮތް އޮބްޒާވުކުރުމުގެ ފުރުސަތަށް ރައީސް ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން، އެކޯޓުން ވަނީ ޝަރީއަށް އޮބްޒާވްކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ވަކީލުންނަށް ދެއްވާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބޮމުގެ ހަމަލާގެ ޝަރީއަތް ކެންސަލް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ