ޒިކުރުކުރުން މަތީ ދެމިތިބޭނަމަ ކެތްތެރި ބައެއްގެ ގޮތުގައި ލައްވާނެ: ޙައްޖު ޚުތުބާ

މާތްﷲ އަށް ޝިރުކުކުރުމުގެ ނުބައިކަމުން ދުރުހެލިވެ، އެކަލާނގެއަށް ޒިކުރުކުރުން މަތީ ދެމިތިބޭ މުއުމިނުންގެ ހިތްތަކަށް މަޑުމޮޅިކަން ދެއްވައި، އެއީ ކެތްތެރި ބައެއްގެ ގޮތުގައި ލައްވާނެ ކަމަށް މިއަހަރުގެ ޙައްޖު ޚުޠުބާގައި ބަޔާންކުރައްވައިފިއެވެ.
ޚުޠުބާގައި ޝައިޚް ފާހަގަކުރެއްވި ގޮތުގައި، ޝިރުކުގެ އެންމެހާ ކަންކަމުން ދުރުހެލިވެ، މާތްﷲ ޒިކުރުކުރުން މަތީ ދެމިތިބޭ މީހުންނަށް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބޭނެއެވެ. އަދި އެފަދަ މީހުންގެ ހިތްތަކަށް މާތްﷲ މަޑުމޮޅިކަން ވައްދަވައި، އިމްތިޙާނުތަކުގެ ކުރިމަތީގައި ސާބިތުވެތިބޭ ކެތްތެރި ބައެއްގެ ގޮތުގައި އެބަޔަކު ލައްވާނެއެވެ. ކެތްތެރިވާ މީހުންނަށް ލިބޭނެ ދަރުމައާއި ސަވާބުގެ މަތިވެރިކަންވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ