މިހާތަނަށް ހިމަބިހީގެ ނުވަ ކޭސް ރިޕޯޓްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް)ގެ ނުވަ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ މެއި މަހުގެ ތެރޭގައި އެކަނިވެސް މާލޭ ސަރަޙައްދުން ހަ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިވަގުތުވެސް ބައްޔަށް ޝައްކުކުރެވޭ ފަސް ކޭހެއްގެ އިންވެސްޓިގޭޝަން ކުރިއަށްދާކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިހާތަނަށް ފެނުނު ފަސް ކޭހަކާ ގުޅުންހުރި 128 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށާއި، އެ ފަރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ސިއްހީ މާހިރުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ