ގަލޮޅު ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި މެއި 10 ވަނަ ދުވަހު ސިނަމާލެ ފުލެޓް ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާ އާއި، މެއި 17 ވަނަ ދުވަހު އަލިކިލެގޭފާނު މަގުން ހޮވައިގެން ގެނެސްފައިވާ ލުނބޯ ފޮށިގަނޑެއްގެ އިތުރުން، މެއި 22 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ އޮޓީޓޯ ބްރޭންޑުގެ މޯބައިލް ފޯނެއް ހިމެނެއެވެ. މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަނުން ހޯދަމުންދަނީ ބޮޑުތަކުރުފާނު މަގުން އެކި ދުވަސްމަތިން ހޮވައިގެން ގެނެސްފައިވާ 505 ރުފިޔާ އާއި އިއަރޕޮޑެއްގެ އިތުރުން މަޖީދިއްޔާ ސުކޫލު ކައިރިން ހޮވާފައިވާ ކާރު ރިމޯޓެއްގެ ވެރިފަރާތެވެ. މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް އެބަހުއްޓެވެ. މިއީ މެއި 26 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނުނު ބައިސްކަލެކެވެ. މި ބައިސްކަލުގެ ވެރިފަރާތުން 9393351 އަށް ގުޅައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅޫމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ