ދިވެހިންގެ މެދުގައި މަގުބޫލު ފީފާ ވޯލްޑް ކަޕާއި ދިމާކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމާއި ތަކެތި ވިއްކާކަމަށް ބުނެ ހިންގާ ސްކޭމްގެ އަމަލުތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ސްކޭމްގެ ކުށްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ރަމަޟާން މަހާއި، ސްކޫލު ބަންދު ދުވަސްވަރުގެ އިތުރުން އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށްދާ ދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ތައްޔާރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަވީދު ފާހަގަކުރެއްވި ގޮތުގައި ވޯލްޑް ކަޕް މެޗުތައް ބަލާ ގަޑިތަކުގައި ކެވޭނެ ލުއި ކާނާއާއި، ޓީމުތަކުގެ ޖޯޒީތައް އާދަޔާ ޚިލާފަށް އަގުހެޔޮކޮށް ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން މީހުން ހެއްލުމަށް މަސައްކަތް ކުރެއެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އެއްވެސް ޚިދުމަތެއް ނުވަތަ މުދަލެއް އަތަށް ނުލިބެނީސް ފައިސާ ނުދެއްކުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ވޯލްޑް ކަޕާއި ދިމާކޮށް ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ