އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ: ނަޝީދަށް 21،301 ވޯޓު، މީކާއިލްއަށް 9،462 ވޯޓު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން މިއަދު އާންމުކޮށްފި އެވެ.
އެމްޑީޕީ އިން އިއްޔެ އާންމު ކުރި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 50،176 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 31،129 މީހުންނެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 30،895 އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނީ 21،301 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 68.9 ޕަސެންޓެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ލިބުނީ 9،462 ވޯޓެވެ. އެއީ 30.6 ޕަސެންޓެވެ
އެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅުމަށްފަހު، ފަހުން މީކާއީލްއަށް ތާއީދު ކުރި އިބްރާހިމް މުހައްމަދު (ވާޑު) އަށް 132 ވޯޓު ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ