ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓަޑް ޓޮބޭކޯ (ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތައް) އިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.
މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ހުށަހެޅި މި އިސްލާހުގެ ދަށުން، މީގެ ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން މިއަދުން ފެށިގެން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އެއްވެސް އިތުރު ބަދަލަކާ ނުލައި ބިލު އޮތްގޮތަށް ފާސްކުރުމަށެވެ.
ފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެ: އިހްސާން އަމާޒަކީ 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ހައުސިން މަޝްރޫއުތައް ނިންމުން: ރައީސް ގެވެށި އަނިޔާ ހުއްޓުވުމަށާއި އިސްރަށްވެހިންނަށް އެހީވުމަށް މަދަނީ ޖަމިއްޔާތަކަށް މާލީ އެހީއެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ