ސްކޫލުތަކުގެ ފުރަތަމަ ޓާމު ޓެސްޓު ފަށައިފި

ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ އިމްތިހާނު މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އިމްތިހާނު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. ޓެސްޓު ދޭނީ ގްރޭޑު ހަތަކުން ފެށިގެން 10ގެ ދަރިވަރުންނަށެވެ.
ތަފްސީލް - ކަލަންޑަރުގައިވާ ގޮތުން:
އިމްތިހާނު ނިމޭނީ ޖުލައި 16ގައި
އެއާ އެކު ދަރިވަރުންނަށް ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނެ
ހަފުތާ ބަންދާ އެކު، ދަރިވަރުންނާ ޗުއްޓީގެ ގޮތުގައި 16 ދުވަސް ލިބޭނެ
ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ 2 އޮގަސްޓުގައި
ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ދަރިވަރުން މި އަހަރު 199 ދުވަހު ކިޔަވާނެ އެވެ. ދެން އެންމެ ބޮޑު އިމްތިހާނަކަށް ކުރިމަތީގައި އޮތީ، އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައި އޮންނަ އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ