ޒުވާން ޚަޠީބުންގެ 4 ވަނަ ޕްރޮގްރާމުގެ ބައިވެރިންނަށް ސަނަދު ހަވާލުކޮށްފި

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ބުރު ނިންމާލައި ބައިވެރިންނަށް ސަނަދު ދީފި އެވެ.ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 85 ޒުވާނުން ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.ޒުވާން ޚަޠީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ.ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ